Himabihi fethuremundhaathee Hafthaa Res cancel kohfi - AO News Himabihi fethuremundhaathee Hafthaa Res cancel kohfi

ކޮވިޑް 19 ކަވަރޭޖް

  • 6.2 ޓަނުގެ ބޭސް އިންޑިއާއިން ރާއްޖެ ގެނެސްދީފި
  • މަހުގެ ތަފާތު ބާވަތްތަކާއެކު ހިތަދޫ މަސްމާރުކޭޓް ހުޅުވައިފި
940,753 CONFIRMED
196,221 RECOVERED
697,013 ACTIVE
47,519 DEATHS
WORLD
19 CONFIRMED
13 RECOVERED
6 ACTIVE
0 DEATHS
MALDIVES
Last updated on : 2020-04-02 11:06
ޑިސެމްބަރު 2018 ގައި މާލޭ ސޯޝަލް ސެންޓަރު ސަރަޙައްދުގައި ބޭއްވި "ހަފުތާ ރެސް"ގައި ޔޫތު މިނިސްޓަރ އަޙްމަދު މަހުލޫފް ވާހަކަދައްކަވަނީ - ފޮޓޯ: ރައީސް އޮފީސް
ހިމަބިހި ފެތުރެމުންދާތީ “ހަފުތާ ރެސް” ކެންސަލްކޮށްފި
3 މަސް ކުރިން

އަންނަ ހުކުރު ދުވަހު ބާއްވަން ނިންމި “ހަފުތާ ރެސް” ކެންސަލްކޮށްފި އެވެ.

Advt

Advertisement

ޔޫތު މިނިސްޓަރ އަޙްމަދު މަހުލޫފް އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ހުޅުމާލޭގައި ބާއްވަން ނިންމި މި ހަފްތާގެ “ހަފުތާ ރެސް”، ހިމަބިހީގެ މައްސަލަތަކާއި ގުޅިގެން ކެންސަލްކުރުމަށް ނިންމާފައިވާ ކަމަށެވެ.

އަދި ހިމަބިހިން ރައްކާތެރިވުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމަށްވެސް މިނިސްޓަރ ވަނީ އެދިވަޑައިގެންފަ އެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން ކުރިން ނިންމީ މި އަހަރުގެ ފުރަތަމަ “ހަފުތާ ރެސް” އަންނަ ހުކުރު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 22:00 އަށް ހުޅުމާލޭގައި ބޭއްވުމަށެވެ.

“ހަފުތާ ރެސް” އަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގައި ހިމެނިގެން ކޮންމެ ހަފްތާއެއް ނިންމުމުގެގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ ވީކްއެންޑް މާކެޓާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިމެނޭ އިވެންޓެކެވެ.

ހަފުތާ ރެސް ހަރަކާތަކީ ޔޫތު މިނިސްޓްރީގެ ފަރާތުން އިންތިޒާމް ކޮށްގެން ކޮންމެ ހަފްތާ ބަންދަކާ ދިމާކޮށް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ހަރަކާތެކެވެ. މި ހަރަކާތަކީ އާންމު ފަރުދުންނާއި ޒުވާނުންނާއި، އަންހެނުންނާއި، އަދި ޙާއްޞައެހީއަށް ބޭނުންވާ ފަރާތްތަކުގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަށް ކުރިއަރުވައި، އެ ފަރާތްތަކުން ބާރުވެރިކުރުވުމުގެ މަޤްޞަދުގައި ސަރުކާރުން ކުރިޔަށް ގެންދާ ހަރަކާތެކެވެ.

ހަފުތާ ރެސްގައި ވީކްއެންޑް މާކެޓްގެ އިތުރުން މިއުޒިކް އަދި ޓެލެންޓް ޝޯއާއި، ކުޑަކުދިންނަށް ޙާއްޞަކޮށްގެން ބާއްވާ ކުޅިވަރުތައްވެސް ކުރިއަށްގެންދެއެވެ.