English Edition
Dhivehi Edition

އަލަށް ހަދާ ކ.މާފަޅު ރިސޯޓުގައި ގައި މަސައްކަތް ކުރާ 2 ބިދޭސީއަކު ޑައިވިނަށް ދިޔަ ގޮތަށް ޚަބަރުނުވެގެން އެމީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ފައްޓަވައިފިއެވެ. ކ. މާފަޅު ރިސޯޓަކީ ހެލެނގެލި އައިލެންޑް ރިސޯޓް ގެ އުތުރުން ފަޅު ހިއްކައިގެން ހަދަމުންދާ ރިސޯޓެކެވެ. މިޙާދިސާ ރިޕޯޓު ކޮށްފައިވަނީ މިއަދު މެންދުރު ފަހު 2.35 ހާއިރު ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

ޑައިވަރުން ހޯދަމުންދާ އޭރިޔާ

މި ދެމީހުން ހޯދުމުގެ މަސައްކަތުގައި ޙަރަކާތްތެރިވަމުންދަނީ އެމްއެންޑީއެފް މާލޭ އޭރިޔާ ކޯސްޓްގާޑް ސްކޮޑްރަން އެވެ.

 

މިދިޔަ ހަފްތާގެ ހުކުރު ވިލޭރޭ ދަރަވަންދޫން މަހަށް ނުކުތް ޑިންގީ އެއް ކަމަދޫން އޭދަފުއްޓަށް ދަތުރުކުރި، އޭދަފުށީ ސޭލަމް ލޯންޗުގައި ޖެހިގެން ހިނގި އެކްސިޑެންޓުގައި ގެއްލުނު ނަސްރުﷲ އަބްދުﷲ ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށް ދާ އިރު މިމަހުގެ 6 ވަނަ ދުވަހު ފަރަށް އެރި ދޯންޏެއްގެ ކައްޕި ވެސް ގެއްލިގެން އެމްއެންޑީއެފުން ކަނޑުމަތީގައި ޚާއްސަ އޮޕަރޭޝަން ތަކެއް ހިންގަމުން އެބަދެއެވެ.

ގެއްލިގެން ހޯދާ ކައްޕި
ގެއްލިގެން ހޯދާ ނަސްރުﷲ

އެހެންކަމުން މިއީ މިދުވަސްވަރު އެމްއެންޑީއެފު ކޯސްޓްގާޑުން ، ކަނޑަށް މީހުން ގެއްލިގެން ހޯދުމަށްޓަކައި ހިންގަމުން އަންނަ 3 ވަނަ އޮޕަރޭޝަނެވެ.