English Edition
Dhivehi Edition

އައްޑޫ ސިޓީގައި ގުޅިފައިވާ ހަތަރު ރަށަށް ފެނަކައިން ދެމުންގެންދާ ކަރަންޓުގެ ޚިދުމަތް 6 މެގަވޮޓުން 12 މެގަވޯޓުގެ ކެޕޭސިޓީއަކަށް ފުޅާ ކޮށްދެއްވާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.

އައްޑޫސިޓީ ހިތަދޫގައި މިއަދު ހަވީރު ބޭއްވި އެއްވުމެއްގައި ވާހަކަ ދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފް އާދަމް ވިދާޅުވީ އައްޑޫގައި މިހާރު ބޭނުންކުރާ ކަރަންޓް ކެޕެސީޓީއަކީ 6 މެގަވޮޓުގެ ކެޕެސިޓީއެއް ކަމަށެވެ. އެހެންނަމަވެސް ކުރިއަށް އޮތްތަނުގައި އެ ކެޕެސިޓީ 12 އަށް އިތުރު ކޮށްދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ފެނަކައިން މިހާރުވެސްވަނީ އައްޑޫގެ ގުޅިފައިވާ 4 ރަށަށް ކަރަންޓު ދިނުމަށްޓަކައި ބޮޑު ދެ އިންޖީނު ގެނެސްފައެވެ. އެ އިންޖީނުތައް އިންސްޓޯލް ކުރުމަށްޓަކައި މީހާރު ގެންދަނީ ބޯހޯލް ތޮރުފުމުގެ މަސައްކަތް ކުރަމުންނެވެ.
ސަރުކާރަށް ތާއީދުއޮތްކަން ހާމަކުރުމުގެ ގޮތުން ބޭއްވި މި އެއްވުމުގައި ޝަރީފް ވިދާޅުވީ އެ އިތުރުކޮށްދޭ ކަރަންޓު ވިއުގަ ވެގެންދާނީ އައްޑޫގައި މިހާތަނަށް ނުދެކޭވަރުގެ ކަރަންޓް ވިއުގައަކަށް ކަމަށެވެ.

ޝަރީފް ވިދާޅުވީ އެއިންވެސް ދައްކުވައިދެނީ ރައީސް ޔާމީންގެ ސަރުކާރުން ތަރައްގީއަށް ދެއްވަމުން ގެންދަވާ އަހައްމިއްޔަތުކަން ކަމަށް އޭނާ ވިދާޅުވިއެވެ. މިއިން ދައްކުވައިދެނީ ރާއްޖެ ބިނާކުރެއްވުމަށް ރައީސް ޔާމީން ކުރައްވަމުންގެންދަވާ މަސައްކަތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އެ ތަރައްގީ ރައްޔިތުން ބަލައިގަންނަ ކަމުގެ ހެކި މިއަދުގެ އެއްވުމުން އެނގިވަޑައިގެންފި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. “ރައީސް ޔާމީނަކީ ފަނާކުރަނިވި ރައީސެއްނޫން، އެއީ ބިނާކުރަނިވި ރައީސެއް. އަޅުގަނޑުމެން ނުދާނަން ތަންތަނުގައި ހުޅުޖަހަމުން،” ޝަރީފް ވިދާޅިވިއެވެ.

ޓެގު