English Edition
Dhivehi Edition
އައިޖީެއެމްއެޗް - ފޮޓޯ: މޯލްޑިވްސް ބިޒްނަސް ރިވިއު

ނޭޝަނަލް އެކްރެޑިޓޭޝަން ބޯދް ފޮރ ހޮސްޕިޓަލްސް އެންޑް ހެލްތު ކެއަރ ޕްރޮވައިޑަރސް (އެންއޭބީއެޗް) އަދި ނޭޝަނަލް އެކްރެޑިޓޭޝަން ބޯޑް ފޮރ ޓެސްޓިންގ އެންޑް ކެލިބަރޭޝަން ލެބޯރެޓޮރީޒް (އެންއޭބީއެލް)ގެ ގައިޑްލައިންތަކާއި އެއްގޮތަށް ފެންވަރު ރަނގަޅު ކުރުމުގެ މަސައްކަތް އައިޖީއެމްއެޗް އިން ފަށައިފި އެވެ.

އައިޖީއެމްއެޗް އިން ބުނީ އެ މަސައްކަތް ކުރިއަށްގެންދަނީ އިންޑިއާގެ އެކްމެގެ ކޮންސަލްޓޭޝަންގެ ދަށުން ކަމަށެވެ.

އެންއޭބީއެޗް އަދި އެންއޭބީއެލްގެ މިންގަނޑުތަކަކި އިންޓަނޭޝަނަލް ސޮސައިޓީ ފޮރ ކޮލިޓީ އިން ހެލްތު ކެއަރ (އައިއެސްކިޔުޔޫއޭ) އިން އެކްރެޑިޓް ކުރެވިފައިވާ މިންގަނޑުތަކެކެވެ. އަދި އެންއޭބީއެޗް އަކީ އޭއެސްކިޔުޔޫއޭގެ ފައުންޑަރ މެންބަރެކެވެ.

އެންއޭބީއެޗް އަދި އެންއޭބީއެލްގެ ބެންޗްމާކްތަކަކީ އިންޑިއާގެ ކޮލިޓީ ކައުންސިލުންނާއި ޖޭސީއައި، އޮސްޓްރޭލިއަން ކައުންސިލް އޮން ހެލްތު ކެއަރ ސްޓޭންޑަރޑްސް (އޭސީއެޗްއެސް) އަދި ކެނޭޑިއަން ހޮސްޕިޓަލްފަދަ ބައިނަލްއަޤްވާމީ މިންގަނޑުތަކާއި އެއް ފެންވަރުގެ މިންގަނޑުތަކެއް ކަމަށް އައިޖީއެމްއެޗް އިން ބުނެއެވެ.

އައިޖީއެމްއެޗް އިން ބުނީ އެކްރެޑިޓް ކުރުމަކީ ހޮސްޕިޓަލްތަކުގައި ކުރާ މަސައްކަތްތަކާއި، ޚިދުމަތްތައް ބައިނަލްއަޤްވާމީ މިންގަނޑުތަކާއި އެއް ހަމައެއްގައި ބެހެއްޓުމަށް ސްޓްރީމްލައިންކޮށް، ހޮސްޕިޓަލުން ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހައިން ރައްޔިތުންނަށް ދެނެގަނެވޭނެ ގޮތްތަކާއި، ބައިނަލްއަޤްވާމީ މިންގަނޑުތަކާއި އެއްގޮތަށް ޚިދުމަތްތަކަށް ބަދަލު ގެނެސް، އެ މިންގަނޑުގައި ދެމެހެއްޓުމަށް މަސައްކަތް ކުރުން ކަމަށެވެ.

އަދި އޭގެ ތެރޭގައި ހޮސްޕިޓަލުގައި ބޭނުންކުރާ އާލާތްތައް ކަނޑައެޅޭ މިންގަނޑުތަކަކަށް ބެހެއްޓުމާއި ޤަވާއިދުން ހޮސްޕިޓަލުގެ ޚިދުމަތްތަކާއި މަސައްކަތްތައް އޮޑިޓް ކުރުންވެސް ހިމެނޭ ކަމަށް އައިޖީއެމްއެޗް އިން ބުނެއެވެ.

އައިޖީއެމްއެޗް އިން ބުނީ އެ ހޮސްޕިޓަލުގައި އެފަދަ މިންގަނޑެއް ޤާއިމްކުރެވުމަކީ ބަލި މީހުންގެ ރައްކާތެރިކަމާއި ދެވޭ ޚިދުމަތާމެދު އިތުބާރު ބޮޑުވެގެންދާނެ ކަމެއް ކަމަށެވެ.