kuru chutty eh heydha kurevvumahfahu raees solih raajje vadaigenfi - AO News kuru chutty eh heydha kurevvumahfahu raees solih raajje vadaigenfi

ކޮވިޑް 19ކަވަރޭޖް

6,852,818CONFIRMED
3,352,066RECOVERED
3,102,470ACTIVE
398,282DEATHS
1883CONFIRMED
717RECOVERED
1157ACTIVE
7DEATHS
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ލ. އަތޮޅަށް ކުރައްވާ ޒިޔާރަތުގައި ކައްދޫ އެއާޕޯޓަށް ފައިބައިވަޑައިގަންނަވަނީ - ފޮޓޯ: ރައީސް އޮފީސް
ކުރު ޗުއްޓީއެއް ހޭދަކުރެއްވުމަށްފަހު ރައީސް ރާއްޖެވަޑައިގެންފި
5 މަސް ކުރިން

ލަންކާގައި ކުރު ޗުއްޓީއެއް ހޭދަކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިޔާ އިބްރާހީމް މުހައްމަދު ސޯލިހު ރާއްޖެ ވަޑައިގެންފިއެވެ. ރައީސް ސޯލިހު އާއިލާގެ ބޭފުޅުންނާއި އެކު ސްރީލަންކާއަށް ޗުއްޓީއަށް ވަޑައިގެންނެވީ މިދިޔަ އަންގާރަ ދުވަހުގެ ރެއެވެ.

Advt

Advertisement

4 ދުވަހުގެ ޗުއްޓީއެއް ލަންކާގައި ރައީސް ހޭދަކުރެއްވިއިރު އެމަނިކުފާނުގެ އާއިލާގެ ބައެއް ބޭފުޅުން ދިރިއުޅުއްވަނީ ލަންކާގަ އެވެ. ރައީސް ސޯލިހް ވަނީ ބޮޑު އީދު ބަންދުގެ ޗުއްޓީވެސް ލަންކާގައި ހޭދަކުރައްވާފަ އެވެ.

ޒަމާނުއްސުރެ ރާއްޖެއާއި ލަންކާއަކީ ވަރަށް ގާތް ގުޅުމެއް އޮންނަ ދެ ޤައުމެވެ. ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންނެވިފަހުން އެ ގުޅުން އިތުރަށް ވަރުގަދަވެފައިވާކަން ފާހަގަކޮށްލެވެއެވެ.

ރައީސް ސޯލިހު ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީމަހުގައި ލަންކާގެ ކުރީގެ ރައީސް މައިތިރިޕާލާ ސިރިސޭނާގެ ދައުވަތަކަށް އެޤައުމަށްވެސް ރަސްމީދަތުރުފުޅެއްކުރައްވާފައެވެ.