English Edition
Dhivehi Edition
މިއަދުގެ ނިއުސް ބްރީފިންގައި ވާހަކަދެއްކެވީ އެމްއެންޑީއެފް ކޯސްޓްގާޑްގެ ޕްރިންސިޕަލް ޑައިރެކްޓަރ ލެފްޓިނަންޓް ކާނަލް އަޙްމަދު މުޖުތަބާ މުޙައްމަދު.

ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓްގައި ގެއްލިފައިވާ އޭދަފުށީ މުޝްތަރީގޭ އުމުރުން 41 އަހަރުގެ ނަސްރުﷲ އަބްދުﷲ ހޯދުމުގައި ދިމާވަމުންދާ އެންމެ ބޮޑު ގޮންޖެހުމަކީ ސީދާ ހާދިސާ ހިނގި ސަރަހައްދު ނޭގުމުން ކަމަށް އެމްއެންޑީއެފް ގެ ކޯސްޓްގާޑުން ބުނެފިއެވެ.

އެމްއެންޑީއެފް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ކޯސްޓްގާޑުގެ ޕްރިންސިޕަލް ޑައިރެކްޓާ ލެފްޓިނަންޓް އަހުމަދު މުޖުތަބާ މުހައްމަދު ވިދާޅުވީ ގެއްލުނު މީހާ ހޯދަން ކަނޑުއަޑިންނާއި ކަނޑުމަތިން އަދި ވައިގެ މަގު ބޮޑު ސަރަހައްދެއް ބަލަމުން އަންނަ ކަމަށެވެ. އެގޮތުން މިއަދު ކަނޑުއަޑިން ގިނަ ޑައިވަރުންނާއި ރިމޯޓްލީ އޮޕަރޭޓަޑް ވެހިކަލެއް ބޭނުން ކުރަމުން އަންނަ ކަމަށާއި ކަނޑުމަތިން އެ މީހާ ފެނޭތޯ ބަލަން ތިން އުޅަނދެއް ހަރަކާތްތެރިވަމުން އަންނަ ކަމަށް މުޖުތަބާ ވިދާޅުވި އެވެ.

އެމްއެންޑީއެފުން ބުނީ ބ. ދޮންފަނާއި، ހަނިފަރާ ދެމެދު ދަތުރު ކުރަމުންދިޔަ ލޯންޗަކާއި ޑިންގީއެއްޖެހި ހިނގި އެކްސިޑެންޓެއްގައި، ޑިންގީން ދަތުރު ކުރި އެކަކު ގެއްލިގެން އުޅޭކަމުގެ ކަމުގެ ރިޕޯޓް ލިބުނީ ބުރާސްފަތި ދުވަހުގެ ރޭ 19:06 ހާއިރު ކަމަށެވެ. ޑިންގީގައި ލޯންޗް ޖެހުނު އިރު ނަސްރުﷲ ގެ އިތުރުން އިތުރު ދެމީހަކު ވެސް ޑިންގީގައި ތިއްބެވެ. އެއީ 42 އަހަރުގެ ފިރިހެނަކާއި 38 އަހަރުގެ ފިރިހެނެކެވެ. އެއިން އެއްވެސް މީހަކަށް މިހާދިސާގައި ގެއްލުމެއް ލިބުނު ކަމެއް ނޭގެއެވެ.

މުޖްތަބާ ވިދާޅުވީ، މި އެކްސިޑެންޓް ހިނގި ސަރަހައްދަކީ ދޮންފަނުގެ ހުޅަނގު ދެކުނުން އޮންނަ އަނގަފަރު ކިޔާފަރުން ކައިރިން ކަމަށެވެ. ނަމަވެސް އެ ޑިންގީ ވެއްޓުނު އަދި ނަސްރު ވެއްޓުނު ސަރަހައްދަކީ ސީދާ ކޮން ސަރަހައްދެއްކަން ނޭގޭތީ ހޯދުމުގައި ދަތިތަކާއި ކުރިމަތިވަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ގެއްލުނު މީހާ ހޯދަން ކަނޑުއަޑިންނާއި ކަނޑުމަތިން އަދި ވައިގެ މަގު ބޮޑު ސަރަހައްދެއް ބަލަމުން އަންނަ ކަމަށާއި އެގޮތުން މިއަދު ކަނޑުއަޑިން ގިނަ ޑައިވަރުންނާއި ރިމޯޓްލީ އޮޕަރޭޓަޑް ވެހިކަލެއް ބޭނުން ކުރަމުން އަންނަ ކަމަށް މުޖުތަބާ ވިދާޅުވިއެވެ. ހަމަ އެއާއެކު ކަނޑުމަތިން އެ މީހާ ފެނޭތޯ ބަލަން ތިން އުޅަނދެއް ހަރަކާތްތެރިވަމުން އަންނަ ކަމަށްވެސް މުޖުތަބާ ވިދާޅުވި އެވެ.