English Edition
Dhivehi Edition

ބ. ދޮންފަނާއި ބ. ހަނިފަރާއި ދެމެދުން ދަތުރުކުރި ލޯންޗަކާއި ޑިންގީއެއް ޖެހި ރޭ ހިނގި އެކްސިޑެންޓެއްގައި ގެއްލުނު މީހާ ހޯދުމަށް ޑައިވިން ރޮބޮޓް ބޭނުން ކުރަމުންދާ ކަމަށް އެމްއެންޑިއެފް އިން ބުނެފިއެވެ.އެމްއެންޑީއެފް ނޮދަން އޭރިޔާއިން މީހާ ހޯދުމުގައި ހިންގަމުން އަންނަ ޚާއްސަ އޮޕަރޭޝަންގެ ދަށުން ގިނަ ޢަދަދެއްގެ ޑައިވަރުންނާއެކު ރޮބޮޓްބޭނުން ކުރުމުގެ އިތުރުން ކޯސްޓްގާޑް ޝަހީދު އަލީ އާއި އެމްއެންޑީއެފް ގެ ހެލިކަޕްޓަރ ގެ ބޭނުންވެސް ދަނީ ކުރަމުންނެވެ.

މިހާތަނަށް ހޯދި ހޯދުމުން އަދި އެމީހާ ފެނިފައި ނުވާ ކަމަށް އެމް އެން ޑިއެފުން މަޢުލޫމާތު ދެއްވައެވެ.

ރޭ ހިނގި ޙާދިސާގައި ގެއްލިފައިވަނީ އޭދަފުށީ، މުސްތަރީގޭ އުމުރުން 41 އަހަރުގެ ނަސްރުﷲ އެވެ. އޭނާގެ އިތުރުން އެޑިންގީގައި ދެން ތިބި އުމުރުން 42 އަހަރުގެ ފިރިހެނަކާއި 38 އަހަރުގެ ފިރިހެންމީހާވަނީ ފެނިފައެވެ. މި އެކްސިޑެންޓާއި ގުޅިގެން އެދެމީހުންނަށް ލިބިފައިވާ އަނިޔާތަކަށް، ދަރަވަންދޫ ސިއްހީ މަރުކަޒުގައި އަންނަނީ ފަރުވާ ދެމުންނެވެ. ފުލުހުން ހާމަކުރެއްވި ގޮތުގައި އޭގެ ތެރެއިން އެކެއްގެ ބޯ ފަޅައިގެން ގޮސް އަތާއި ފައި ވަނީ ޒަޚަމްވެފަ އެވެ.

 

ނަސްރުﷲ އާއި އޭނާގެ އެކުވެރިން ޑިންގީ ގައި ނުކުތީ މަސްވެރިކަން ކުރުމަށެވެ. ގެއްލިގެން ހޯދަމުންދާ ނަސްރުﷲ އަކީ ދަރަވަންދޫ މީހަކާ އިނދެގެން މާލޭގައި ދިރިއުޅޭ މީހެކެވެ. އޭނާ ރަށަށް އައީ ޗުއްޓިއެއްގައި ކަމަށް އެރަށުން ވާހަކަ ދެއްކި މީހަކު ބުނެއެވެ..

އެމްއެންޑީއެފުން ބުނީ ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓްގައި ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ޙާދިސާގެ މައުލޫމާތު އެމްއެންޑީއެފަށާއި ފުލުހުންނަށް ލިބިފައި ވަނީ މިރޭ 7:00 ޖަހާއެހާކަންހާއިރު ކަމަށާއި އެކްސިޑެންޓްވީ ބ. ދަރަވަންދޫއިން ފުރައިގެން ދިޔަ ޑިންގީއަކާއި ބ. އޭދަފުށިން ދިޔަ ލޯންޗެއް ދޮންފަނުކައިރިން ޖެހިގެންކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެއެވެ. ގެއްލިފައި ވަނީ ޑިންގީގައި ތިބި ތިން މީހުންގެ ތެރޭން އެކެކެވެ. އަނެއް ދެ މީހުން ވަނީ ލޯންޗަށް ނަގައިފަ އެވެ. އެކްސިޑެންޓުގައި ޑިންގީ ވަނީ އަޑިއަށް ގޮސްފަ އެވެ.

މީހާ ހޯދުމުގައި ލިބެންހުރި ހުރިހާ ވަސީލަތެއްގެ ބޭނުން ހިފާނެކަމަށާއި އަދި ގެއްލުނު މީހާއާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެ ނަމަ ލަސްނުކުރައްވާ ހިލޭ ގުޅޭ ނަމްބަރ 191 އަށް ގުޅުއްވުމަށް އެމްއެންޑީއެފުން އެދެއެވެ. އަދި އެސަރަޙައްދުން ދަތުރު ކުރާ އުޅަނދު ތަކުންވެސް

މިކަމުގައި އެހީތެރިވެ ދެއްވުމަށް އެދިފައިވެއެވެ.