English Edition
Dhivehi Edition

ރޭ ދަންވަރު 1:00 އެހައިކަންހާއިރު ފުލުހެއްގެ މެޔަށް މީހަކު ހަމަލާދިން ވަޅި މޫދުން ފެނިޖެ ކަމަށް ފުލުހުން މައުލޫމާތު ދެއްވައިފިއެވެ.

ވަޅި ހޯދުމަށްފަހު ފުލުހުން ގެންދަނީ އެ މައްސަލަ އިތުރަރަށް ތަހުގީގު ކުރަމުންނެވެ. ޕޮލިސް ކޮންސްޓަބަލް ޢަލީ ރައްޒާނަށް ރޭ ހަމަލާ ދީފައިވަނީ މާފުށީ ޖަލަށް “އެއްޗެހިތަކެއް ވަންދަން” މާލެއިން މާފުށްޓަށްދިޔަ ލޯންޗަކުން މޫދަށް ފުންމާލައިގެން މާފުއްޓަށް އަރަން އުޅުނު މީހަކު ހިފަހައްޓަން ފުލުހު މީހާ މަސައްކަތް ކުރުމުންނެވެ.

އެ ހަމަލާއަށްފަހު ކަރެކްޝަނަލް ސާވިސްގެ އެހީތެރިކަމާއެކު އޭނާ މާލެގެނެސް އައިޖީއެމްއެޗުގައި ފަރުވާދޭން ފެށިއެވެ. އޭނާގެ ހާލު މިހާރު އަންނަނީ ރަނގަޅުވަމުން ކަމަށް ފުލުހުންވަނީ މައުލޫމާތު ދެއްވައިފައެވެ. އެހެންނަމަވެސް އޭނާ އަދިވެސް އޮތީ އައިޖީއެމްއެޗުގެ އައިސީޔޫގައެވެ.

މިހާދިސާގައި ފުލުހުންވަނީ ރައްޒާނަށް ހަމަލާދިން މީހާވެސް ހިމެނޭ ގޮތަށް އެ ލޯންޗުން ދަތުރުކުރި 4 މީހުން ހައްޔަރު ކޮށްފައެވެ. އެއީ 51 އަހަރުގެ މީހަކާއި، 32 އަހަރުގެ ދެމީހަކާއި 18 އަހަރުން ދަށުގެ ކުޑަ ކުއްޖެކެވެ.