English Edition
Dhivehi Edition

މިދުނިޔޭގައި އަޅުގަނޑުމެންނަށް މާތްﷲ ވަނީ ގިނަގުނަ ނިއުމަތްތައް ދެއްވާފައެވެ. އެހެން ނަމަވެސް އަޅުގަނޑުމެންނަށް މިއަދު އެކަލާނގެ ދެއްވި ނިއުމަތްތަކަށް ޝުކުރުވެރި ނުވެވެއެވެ. އެ ނިއުމަތްތަކަށް ޝުކުރު ނުކުރެވޭ ހިނދު އެ ނިއުމަތްތަކުން ނުފުދެއެވެ. އަބަދުވެސް އެއަށްވުރެ ގިނަ ކަންކަމަށް ހިތް އެދެވެއެވެ.

ކީރިތި ރަސޫލާ މުހައްމަދުއް ސަލައްﷲ އަލައިހި ވަސައްލަމްގެ ސުންނަތްތަކަށް އަދި ﷲ ތަޢާލާ ބާއްވައިލެއްވި އެންމެ ކީރިތި ފޮތް ކަމަށްވާ ޤުރުއާނާ މިއަދު އަޅުގަނޑުމެން ދަނީ ދުރަށެވެ. މި ދުނިޔޭގައި އަޅުގަނޑުމެންނަށް ކުރިމަތިވާ އެންމެ ބޮޑުބައްޔަކީ ހިތް ނުތަނަވަސް ވާ ބައްޔެކެވެ. މި ބަލިން ދިފާއުވާން ކީރިތި ޤުރުއާން ކިޔެވުމަކީ އޮތް އެންމެ ބޮޑު ހައްލެވެ.

އަބްދުﷲ އަލް ޤާނީ އަކީ ބަލިމަޑުކަމާއި ހަނގުރާމަ ކުރަމުން ކީރިތި ޤުރުއާން ހިތުދަސްކޮށްފައިވާ މީހެކެވެ. އޭނާ ދުވަހަކުވެސް ތައުލީމު ހޯދަން މަދަރުސާ އަކަށް ނުދެއެވެ. މުޅިހަޔާތް އެކީހެން ހޭދަކުރަމުން އަންނަނީ ހޮސްޕިޓަލްތަކުގައި ބަލި އެނދުގައެވެ. ސިކުނޑިޔަށް ޖެހިފައިވާ ބައްޔެއްގެ ސަބަބުން އޭނައަކީ ލިޔަން ކިޔަން ދަންނަ މީހެއް ނޫންނަމަވެސް، އޭނަ ވަނީ ހަމައެކަނި އަޑުއަހައިގެން ކީރިތި ޤުރުއާން ހިތުދަސް ކޮށްފައެވެ.

މިވަގުތު މުހައްމަދު އަބްދުﷲ ދަނީ ރިޔާދްގެ ކިންގް ފަހުދު މެޑިކަލް ހޮސްޕިޓަލްގައި ފަރުވާހޯދަމުންނެވެ. އޭނަގެ ބޭބެ ބުނާގޮތުން އޭނައަކީ އިންތިހާއަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެފައިވާ ޔަތީމެކެވެ.

މާތްﷲ ގެ ރަހުމަތް ފުޅުން އަހަރެމެންގެ މައްޗަށް ލައްވާފައިވާ ނިއުމަތްތަކަށް ޝުކުރުވެރިވާށެވެ. އަބްދުﷲ އޭނައަށް ދިމާވެފައިވާ ދަތިތަކާއެކުވެސް، އޭނައަށްވީ މިންވަރަކުން މާތްﷲގެ މަގުގައި އެކުރާހިތްވަރުން ސާބިތުވަނީ، ފުރިހަމަ އަށް ކުޅެދޭ މީހުންނަށްވުރެ އޭނަ މާހިތްވަރުގަދަ ވެފައި ރަނގަޅުކަމެވެ.

މުހައްމަދު އަބްދުﷲ އަލް ޤާނީ އެކުރާ ހިތްވަރަށް މާތްﷲ އޭނަގެ މައްޗަށް ބަރަކާތް ލައްވާފާދޭވެ! އާމީން