English Edition
Dhivehi Edition

ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްގައްޔޫމުގެ ހާލުކޮޅު ރަނގަޅުކަމަށް ދަރިކަނބަލުން، ޔުމްނާ މައުމޫން ވިދާޅުވެއްޖެެއެވެ.

ބައްޕާފުޅުގެ ހާލުކޮޅާ ބެހޭގޮތުން ޔުމްނާ ކުރެއްވެވި ޓުވީޓުގައި ވިދާޅުވެފައިވަނީ ރައީސް މައުމޫނުގެ ހާލުކޮޅު އިރާދަކުރެއްވިއްޔާ ރަނގަޅު ކަމަށާއި ހޮސްޕިޓަލުގައި އެޑްމިޓްކުރީ ރޯގާ ދިގުލާތީ ޓެސްޓުތައް ހަދައި ފަރުވާ ދިނުމަށް ކަމަށެވެ. އަދި ހުރިހާ ބޭފުޅުންގެ ހެޔޮ ދުއާއަށް ޝުކުރު ދަންނަވާ ކަަމަށް ވެސް ޔުމްނާ ވަނީ ވިދާޅުވެފައެވެ.

އެމަނިކުފާނު އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި ވަނީ ރޭ ފަތިހުގެ ވަގުތެއްގައެވެ.

ރައީސް މައުމޫން މިއަދު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވާއިރު އިއްޔެއަކީ އެމަނިކުފާނުގެ 82 ވަނަ އުފަންދުވަހެވެ.