English Edition
Dhivehi Edition

އައުޑީ ކަޕް ފައިނަލްގައި ރޭ އިނގިރޭސި ވިލާތުގެ ލިވަޕޫލް އާއި ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑް ކުޅުނު މެޗު ޕެނަލްޓީ ޖަހައިގެން އެތުލެޓިކޯ ކާމިޔާބުކޮށްފިއެވެ.

ރޭ ޖަރުމަންގެ މިއުނިޗްގައި ކުޅުނު ފައިންލް މެޗު އެތުލެޓިކޯއިން ކާމިޔާބުކޮށްފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަ ވިއިރު ދެ ޓީމް 1-1 ލަނޑުން އެއްވަރުވެފައި އޮތުމުން ޕެނަލްޓީގައި 5-4 ލަނޑުން ލިވަޕޫލްގެ މައްޗަށް ކުރިހޯދައިގެންނެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފްގެ 34 ވަނަ މިނެޓްގައި އެތުލެޓީކޯ މެޑްރިޑްގެ ކެއިޑީ ބަރޭ ވަނީ ފުރަތަމަ ހާފްގައި އެތްލެޓިކޯ މެޑްރިޑްއަށް މެޗުގެ ލީޑުނަގާދީފައެވެ. މިނަތީޖާގައި އޮވެ ފުރަތަމަ ހާފް ނިމުނު ނަމަވެސް ލިވަޕޫލްއިން ވަނީ ދެވަނަ ހާފްގައި މެޗުގައި މޮޅައަށް ކުޅެ މެޗުގެ 90 މިނިޓް ހަމަވުމުގެ ކުރިން ނަތީޖާހަމަ ކޮށްފައެވެ.މި ލަނޑު ލިވަޕޫލްއަށް ކާމިޔާބުކޮށްދިފައިވަނީ ރޮބާޓޯ ފިރިމީނިއޯއެވެ.