English Edition
Dhivehi Edition

އަމްރީތާ ސިންގް އާއި ސައިފް އަލީ ހާންގެ ދަރިފުޅު ސާރާ އަލީހާން ބޮލީވުޑްގައި ފައިތިލަ ސާބިތުކުރުމަށް ތައްޔާރުވަމުންދާއިރު ސާރާ، އޭނާގެ ފިރިހެން ރައްޓެހިންނާއެކު ބޭރަށް ދިއުމަކީ އަމްރީތާ އެހާ ހިތްހަމަޖެހޭ ކަމެއް ނޫންކަމަށް މީޑިއާ ރިޕޯޓްތައް ބުނަން ފަށައިފިއެވެ.

ސާރާ ވަރަށް ގިނަފަހަރު ހަރްޝްވަރްދަން ކަޕޫރު އާއި އެކު ބޭރުތެރެއިން ފެންނަމުންދާއިރު އަމްރީތާވަނީ މިކަމާ އޭނާ ހިތްހަމަ ނުޖެހޭކަން ފާޅުކޮށްފައެވެ.އަދި އަމްރިތާ ބުނެފައިވަނީ ފިރިހެން އެކުވެރިންނާއެކު ބޭރަށް ދިއުމުން އެކަމުގެ ނޭދެވޭ އަސަރު ސާރާގެ މުސްތަގުބަލަށް ކުރާނެކަމަށާއި އެހެންކަމުން އޭނާވަނީ ސާރާ އަށް އެކަން މަނާކޮށްފައިކަމަށެވެ. “އަބަދުވެސް ތަރިންގެ ހަރަކާތްތަކަށް މީޑިއާ ފާރަލާނެ. އަދި އަރަމުން އަންނަ ތަރިންނާއި މެދު ފާޑުފާޑުގެ ނޭދެވޭ ވާހަކަތައް ފެތުރުމަކީ ބޮލީވުޑްގައި އާންމުކަމެއް. އެހެންވީމަ އަހަރެން ބޭނުންވަނީ މިހުރިހާ ނޭދެވޭ ވާހަކަތަކުން ސާރާ ދުރުގަ ބަހައްޓަން.” އަމްރީތާ ބުނެފައިވެއެވެ.

އަމްރީތާގެ މިވާހަކަތައް ޖަވާބުދެމުން ބައެއް ފަރާތްތަކުން ބުނެފައިވަނީ މިހާރު މީޑިއާ އާއި މީހުންވެސް ތަރިންގެ އަމިއްލަ ދިރިއުޅުމަށް މާ ބޮޑު ސަމާލުކަމެއް ނުދޭކަމަށެވެ. އަދި އެކަހަލަ ކަންތައްތަކަށް މީހުން ސަމާލުކަންދޭނަމަ ރަންބީރު އާއި ކެޓްރީނާ ގެ ޖައްގާ ޖާސޫސް ފްލޮޕަކަށް ނުވާނެ ކަމަށް ގިނަ ބަޔަކުވަނީ ބުނެފައެވެ.

ސާރާ އޭނާގެ ފުރަތަމަ ފިލްމުގެ ޝޫޓިން ފެށުމަށް ތައްޔާރުވަމުންދާއިރު ސާރާ އާއި އެކު މި ފިލްމުގައި ފެނިގެންދާނީ ސުޝާންތް ސިންގް ރާޖްޕުތް އެވެ.