މާލެ ސިޓީ ފުރެން އަދި ކައިރިވެސް ނުވާ ކަމަށް މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ، މުޙައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މަލީހު މިހެން ވިދާޅުވީ އިއްޔެ ކުރެއްވި ޓްވީޓެއްގަ އެވެ.
Male' furen adhi kairives nuvey. Male' akee mihaaru Hulhumale' 2 phase, Villimale', Gulhimale', Thilamale'. Mi vegen dhaanee bodu shaharakah. Housing ge thafaathu variety annanvee. Public Transport,Green Area,Parking,Shopping mall, Cinema annanvi.Adhi furihamavaan kairives nuvey
— Mohamed Maleeh Jamal (@maleehjamal) December 28, 2019
އެ ޓްވީޓްގައި މަލީހު ވިދާޅުވެފައި ވަނީ މާލެ ފުރެން އަދި ކައިވެރިން ނުވާ ކަމަށާއި، މާލެއަކީ މިހާރު ހުޅުމާލޭ ދެވަނަ ފިޔަވައްސާއި، ވިލިމާލެ އާއި ގުޅިމާލެ އަދި ތިލަމާލެ ކަމަށެވެ.
“މި ވެގެންދާނީ ބޮޑު ޝަހަރަކަށް. ހައުސިންގގެ ތަފާތު ވެރައިޓީ އަންނަންވީ. ޕަބްލިކް ޓްރާންސްޕޯޓް، ގްރީން އޭރިއާ، ޕާކިންގ، ޝޮޕިންގ މޯލް، ސިނެމާ އަންނަންވީ”، މިނިސްޓަރ ވިދާޅުވި އެވެ.
މަލީހު ވިދާޅުވީ މާލެ އަދި ފުރިހަމަވާން ކައިރިވެސް ނުވާ ކަމަށެވެ.
މަލީހުގެ މި ޓްވީޓާއި ގުޅިގެން މީސްމީޑިއާގައި އޭނާއަށް ވަނީ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފަ އެވެ.
މަލީހު މިމޭރުމުން ޓްވީޓް ކުރެއްވިއިރު، އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް މީގެ ކުރިން ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވައުދުފުޅުގައި ރާއްޖޭގައި ހަތަރު އިޤްތިޞާދީ ހަބެއް ޤާއިމް ކުރުމަށް ނިންމާފައިވާ ކަމަށާއި، އޭގެ ތެރެއިން އެންމެ ފުރަތަމަ ފުރަތަމަ ތަރައްޤީ ކުރެވޭނީ އައްޑޫ ސިޓީ ކަމަށެވެ.
އަދި މި ސަރުކާރުގެ އަމާޒަކީ އައްޑޫ ސިޓީ އަކީ ވަރުގަދަ އިޤްތިޞާދީ ހަބަކަށް ހަދައި، މާލެ އަށް ބަރޯސާވާ ބަރޯސާވުން ނައްތާލުން ކަމުގައިވެސް މިނިސްޓަރ ފައްޔާޒް ވަނީ ވިދާޅުވެފަ އެވެ.