English Edition
Dhivehi Edition

ދަރުމަވަންތަ ކޮމްޕްލެކްސްގައި އެކުއެޓިކް ފިޒިއޮތެރަޕީގެ ޚިދުމަތް ދޭން ފަށައިފިއެވެ. މިއަދު އައިޖީއެމްއެޗް ގައި ފެށި މި ހިދުމަތަކީ 34 ޑިގްރީގެ ހޫނުމިން ހުންނަ ފެންގަނޑެއްގައި ކުރާ ކަސްރަތެކެވެ.

ދަރުމަވަންތަ ކޮމްޕްލެކްސްގައި އެކުއެޓިކް ފިޒިއޮތެރަޕީގެ ޚިދުމަތް ދޭން ފަށާފައިވާ އިރު އެ ހޮސްޕިޓަލުން ވަނީ މި ފަރުވާއަކީ ވާންވެފައިވާ ހުޅުތަކުގައި ހުންނަ ރިހުންތަކާއި މަސް ފަށަލަތަކަށް ދޫ ޖެއްސުމަށް އެހީތެރިވެދޭ ފަރުވާއެއް ކަން ފާހަގަކޮށްފައެވެ. މީގެ އިތުރުން އައިޖީއެމްއެޗް އިން ބުނީ މި ހިދުމަތް ލިބޭނީ ޑޮކްޓަރަށް ދެއްކުމަށްފަހު ފިޒިއޮތެރަޕިސްޓެއްގެ އިރުޝާދުގެ ދަށުން ބަލިމީހާގެ ހާލަތަށް ބަލައި، އެކުއެޓިކް ފިޒިއޮތެރަޕީ ދޭން ޖެހޭ ކަމަށް ހަމަޖައްސާ ބަލި މީހުންނަށް އެކަނި ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިމާރާތް ކުރި 25 ބުރީގެ ހޮސްޕިޓަލްގައި، ހައިޑްރޯ ޕޫލް ހުންނަނީ ހަތަރު ވަނަ ފްލޯގަ އެވެ. ފިޒިއޮތެރަޕީ އަށް ޚާއްސަކޮށްފައިވާ އެ ފްލޯގައި ސްޕޯޓްސް ތެރަޕީ ވެސް ދެ އެވެ.