ދިރިއުޅުމުގައި އަބަދުވެސް ފަހަށް ކަންތައް ރޭވުމަށް އެކަކު އަނެކަކަށް ނަސޭހަތް ތެރިވެއެވެ. އެހެން ކަމުން މި ނަސޭހަތް އަންހެން ވެރިން ވަރަށް ސީރިއަސްކޮށް ގަބޫލުކުރާކަމަށް ދާދި ފަހުން ހެދި ދިރާސާއަކުން ދައްކައެވެ. އޮންލައިން ކޮށް ކުރިއަށް ގެންދިޔަ މި ސާވޭއިން ދައްކާ ގޮތުގައި%50 އަންހެނުން އެމީހުންގެ ކައިވެނީގައި ނުވަތަ ލޯބީގެ ގުޅުމުގައި މައްސަލަ ޖެހޭތީ ސިއްރު ބައިވެރިޔަކު ހޯދާފައި ހުރެއެވެ.
މި ދިރާސާގައި ބައިވެރިވި ޔޫކޭގެ 1000 މީހުންގެ ތެރެއިން ކައިވެނިކޮށްގެން ތިބި އަދި ނުކޮށް ލޯބީގެ ގޮތުން ގުޅިގެން އުޅޭ %50 މީހުން ބުނީ އެމީހުންގެ ލޯބިވެރިޔާ ނުވަތަ ފިރިމީހާ އާއި މައްސަލަ ޖެހޭތީ ބެކަޕްގައި ސިއްރު ބައިވެރިޔަކު ހުންނަ ކަމަށެވެ. މީގެ ތެރެއިން ބައެއް މީހުން ބުނަނީ އެމީހުންގެ ބެކަޕްގައި ހުންނަނީ ކުރީގެ ވަރަށްގާތް ރަހުމަތްތެރިއެއް ކަމަށެވެ. އަދި އެމީހުންނަކީ ތިމަންނަމެންގެ ހުރިހާ އިހްސާސްތައް ދަންނަ ވަރުގެ ބައެއްކަމަށްވެސް އަނެއް ބައިވެރިން ބުންޏެވެ.
އިތުރު ބައިވެރިން ބުނާގޮތުގައި އެމީހުންގެ ބެކަޕް ބައިވެރިޔާ އަކަށްވަނީ ކުރީގެ ލޯބިވެރިޔެއް ނުވަތަ ކުރީގެ ފިރިމީހާއެވެ. ނޫނީ ކުރިން އާންމުކޮށް އެއްތަނަކުން ދިމާވެ އެކަކު އަނެކަކުގެ އިހްސާސްތައް ރަނގަޅަށް ދަންނަ އަދި ދިމާވާ ކޮންމެ ހިތާމައެއްގައި ބައިވެރިވާނެ ކަމުގެ ޔަގީންކަން އޮންނަ ވަރުގެ ބައިވެރިއެކެވެ.
ގާތްގަޑަކަށް 10 ޕަސެންޓް އަންހެނުން ބުނާގޮތުން އެމީހުންގެ ޕްލޭން “ބީ” ގައި ހިމެނޭ ފިރިހެނަކީ ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި އެމީހަކާ ދިމާވެ ދިރިއުޅުމުގެ ކަންތައްތައް ހިއްސާކުރެވިފައިވާ ގާތް މީހެކެވެ. އަދި އަނެއް ފަސްޕަސެންޓް ބައިވެރިން ބުނާގޮތުން އެފިރިހެނަކު ވާންޖެހޭނީ އެބަޔަކަށްޓަކައި ކޮންމެ ކަހަލަ ގުރުބާނީ އެއްވެސް ވާން ތައްޔާރަށް ތިބޭބަޔަކަށެވެ.
މިދިރާސާކުރި މީހުން ބުނާގޮތުން އެމީހުން އެންމެ ހައިރާން ކުރުވީ، ދިރާސާގެ ބައިވެރިން އެމީހުންގެ ފިރިންނާއި ޕްލޭން “ބީ” ގައި ވާ ފިރިހެން މީހާ އާއި ރަހުމަތްތެރި ކަމުގެ ގުޅުން އޮންނަ ކަމަށް ބުނުމުން ނެވެ. އެމީހުންބުނާގޮތުން ސިއްރު ބައިވެރިޔާ އާއި އޮތް ސިއްރު ގުޅުން ފިރިމީހާ ނުވަތަ ލޯބިވެރިޔާ އަށް ނޭންގެއެވެ. އަދި އެމީހުން ބުނާގޮތުގައި ލޯބިވެރިޔާ ނޫނީ ފިރިމީހާ އާއި ސިއްރު ބައިވެރިޔާ ކޮންމެވެސް ވަރަކަށް ދަންނަ ކަމަށްވާއިރު އަނެއް ބައިވެރިން ބުނި ގޮތުގައި އެމީހުންނަކީ ގާތްއެކުވެރިންނެވެ.
ދިރާސާކުރި އިތުރު ފަރާތަކުން ބުނީ މި މައްސަލައަކީ ހަގީގަތުގައި ވެސް ވިސްނާލަންޖެހޭ އަދި ކަންބޮޑުވާން ޖެހޭ މައްސަލައެއްކަމަށެވެ. އަދި އޭނަ ބުނާގޮތުން މިފަދަ ކަންކަމަށް އަންހެންވެރިން ނަށް މަގުފަހި ކުރަނީސޯޝަލް މީޑިއާއެވެ.
އަޅުގަނޑުމެންގެ މުޖްތަމައުގައި ދިރާސާއެެއް ހެދިފައި ނުވިނަމަވެސް ކައިވެނީގައި މައްސަލަޖެހި ވަރިވުމަށްފަހު ވަރިވި ފިރިމީހާގެ ގާތް ރަހުމަތްތެރިންނާއި ކައިވެނިކުރާތަން ފެނެއެވެ.