މާލެއިން ބުރިޖަށް އަރާ ސަރަހައްދުން ބޮޑު ތަކުރުފާނު މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
މި އެކްސިޑެންޓުގައި ބައެއް ކާރުތަކަށާއި، ސައިކަލްތަކަށް ވަރަށް ބޮޑަށް ގެއްލުންވެ ބޭނުން ނުކުރެވޭ ޙާލަތަށް ގޮސްފައިވާމަންޒަރު ދައުރުވަމުންދާ ފޮޓޯތަކުން ފެނެއެވެ. މިއީ ބާރު ސްޕީޑުގައި އައި ހުދުކުލައިގެ ޖިޕެއް ކޮންޓްރޯލުން ނެއްޓި ކުރިމަތިންދިޔަ ކާރެއްގައި ޖެހިގެން ހިނގާދިޔަ އެކްސިޑެންޓެއްކަމަށް މައުލޫމާތު ލިބެއެވެ.
ބާރު އަޑު ފަށްގަނޑަކާއެކު އެތައް ބައެއްގެ ހަޅޭކުގެ އަޑުން މި އެކްސިޑެންޓް ހިނގި ވަގުތު ކުއްލި ސިހުމެއް ލިބުނުކަމަށް އެކްސިޑެންޓް ހިނގި ސަރަހައްދުގައި ދިރިއުޅޭ މީހުން ބުނެއެވެ. މަޢުލޫމާތު ލިބޭ ގޮތުގައި މި އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ.
އެކްސިޑެންޓް ހިނގި ސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.