English Edition
Dhivehi Edition

މިފަހަރު އޯލެވެލްގެ ނަތީޖާ ލިބުނު ކުދިން ވިލާކޮލެޖުގެ ބައެއް ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ވިލާކޮލެޖު ހިތަދޫ ކެމްޕަހުން ވިދާޅުވީ އެތަނުން ހިންގާ ސެޓްފިކެޓް ލެވެލް 3 އާއި 4 ގެ ޕްރޮގްރާމް ތަކުގައި ބައިވެރިވުމުގެ ފުރުސަތު އެފަދަ ކުދިންނަށް ހުޅުވާލައިފައިވާ ކަމަށެވެ. އެ ޕްރޮގްރާމްތަކުގައި ބައިވެރިވާން ބޭނުންވާ ކުދިންނަށް އެފުރުސަތު މިހިނގާ ޖެނުއަރީމަހުގެ 24 ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށްވެސް ވިލާކޮލެޖު ހިތަދޫ ކެމްޕަހުން ވިދާޅުވިއެވެ.

ހިތަދޫ ކެމްޕަހުގެ ޖެނުއަރީ ސެމިސްޓާގެ ކިޔެވުން ހޯމަދުވަހު ފެށުމަށް މިހާރުވަނީ ހަމަޖައްސަވާފައެވެ. ހޯމަދުވަހު ކިޔެވުން ފަށާއިރު މުޅިން އަލަށް 59 ކުދިންވަނީ އެކެމްޕަހާ ގުޅިފައެވެ. އަދި ކުރިންވެސް ކިޔަވަމުންގެންދިޔަ 98 ދަރިވަރުންނާއެކު، ޖުމްލަ 157 ދަރިވަރުން ހޯމަދުވަހު ކިޔަވަން ފަށާނެއެވެ.