އައްޑޫސިޓީގެ ލިންކުރޯޑުން ދުއްވާފައި ދިޔަ ކާރެެއްގައި ދާދި ދެންމެއަކު ރޯވެއްޖެއެވެ.
ލިންކު ރޯޑުން ކުނިކޮށި ސަރަހައްދުން ދުއްވާފައި ދަނިކޮށް މި ކާރުގައި ރޯވީ ބެޓެރި ޝޯޓެއް ކޮށްގެން ކަމަށް މައުލޫމާތު ލިބެއެވެ.
މިއީ ހިތަދޫ އަންހެނަކާ ކައިވެނިކޮށްގެން ހިތަދޫގައި ދިރިއުޅޭ ލަންކާ މީހެއްގެ ކާރެކެވެ. ކާރު ދުއްވާފައި ދިޔައީ ކާރުގެ ވެރިފަރާތުންނެވެ. ކާރުން ދުން އަރަން ފެށުމުން ދުއްވަން އިން މީހާ ވަނީ ކާރުން ފައިބާފައެވެ.
އެ ކާރަކީ ނިސާން މަރުކާގެ ފެއަރ ލޭޑީ ކާރެކެވެ.