English Edition
Dhivehi Edition

ސޫދާންގެ ކުރީގެ ރައީސް އޮމަރް އަލް ބަޝިރް 2 އަހަރަށް ޖަލަށް ލުމަށް އެޤައުމުގެ ކޯޓަކުން ހުކުމް ކޮށްފިއެވެ. ހޮނިހިރު ދުވަހު ކުރި މި ހުކުމުގައި ރައީސް ބަޝިރްގެ މައްޗަށް އުފުލާފައިވާ މަނީލޯންޑަރިންގ ގެ މައްސަލަ އާއި ކޮރަޕްޝަންގެ ތުހުމަތުތަކަށް އޭނާގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ.

ބަޝިރް އަކީ 2000 ހުގެ އަހަރުތަކުގައި ހަނގުރާމައިގައިވެސް އެކިއެކި ކުއްތައް ތުހުމަތުވުމުގެ ސަބަބުން އިންޓަރނޭޝަނަލަް ކްރިމިނަލް ކޯޓުން ހޯދަން ބޭނުންވެފައިވާ މީހެކެވެ.

ބަޝިރްގެ މައްޗަށް ކޯޓުން ހުކުމް ކޮށްފައި މިވަނީ ބަޝިރް ހިންގާފައިވާ ކޮރަޕްޝަންގެ އެކިއެކި މައްސަލަތައް ބަލައިދިނުމަށް ސޫދާންގައި މުޒާހަރާ ކުރާތާ އަހަރެއް ވެފައި ވަނިކޮށެވެ. ބަޝިރް ގެ ވެރިކަމުގައި ސޫދާން ލޭބަލް ކުރެވިފައި ވަނީ ޓެރެރިޒަމަށް ހިތްވަރުދޭ ޤައުމެއްގެ ގޮތުގައި އެވެ. މީގެ ސަބަބުން އެޤައުމުގެ އިގްތިސައުދަށް ވެސް ވަނީ ވަރަށް ބޮޑު ހީނަރުކަމެއް އައިސްފައެވެ.

ބަޝިރް ގެ ސަޕޯޓަރުން ހިތްހަމަނުޖެހުން ފާޅުކޮށްފައިވާއިރު އެމީހުން ކޯޓުން ބޭރުކޮށްފައިވަނީ ސަލާމަތީ ބާރުތަކުންނެވެ.

ޓެގު