English Edition
Dhivehi Edition

30އަހަރު ވަންދެން ވެރިކަން ކުރަށްވަމުން ގެންދަވާ ސުދާނުގެ ރައީސް އުމަރް އަލް ބަޝީރުގެ އިސްތިއުފާއަށް ގޮވާލައި ސޫދާނުގެ ގިނަބަޔަކު އެގައުމުގައި މުޒާހަރާ ކުރަން ފަށައިފިއެވެ.

ކާބޯތަކެތީގެ އަގު ބޮޑުވުމާ ގުޅިގެން މީގެ 4 މަސްކުރިން ފެށި މި މުޒާހަރާގެ ބައިވެރިން މިހާރު ގޮވަމުން ދަނީ ރައީސް އުމަރް އަލް ބަޝީރުގެ އިސްތިއުފާ އަށެވެ.މުޒާހަރާތައް ވަރުގަދަވެ އިއްޔެގައި ސިފައިންވަނީ މުޒާހަރާތައް ރޫޅާލުމަށް ބާރުގެ ބޭނުންކޮށްފައެވެ. އެސަރަހައްދުގައި ހަރަކާތްތެރިވި ނޫސްވެރިން ޚަބަރު ދޭގޮތުގައި އިއްޔެގެ މުޒާހަރާގައި ބަޑީގެ އަޑުވެސް އިވިގެން ގޮސަފައި ވެއެވެ.
ޚަބަރުތައް ބުނާގޮތުން ސުދާނުގައި ރައީސް އުމަރް އަލް ބަޝީރުގެ ތާއީދުވަނީ ވަރަށްބޮޑަށް ކުޑަވެފައެވެ. އަދި ވެރިކަމުގައި މިވަގުތު ހުންނެވީ އެމަނިކުފާނަށް ވަފާތެރި ސިފައިންގެ މަދަދާ އެކީގައެވެ.

އުމަރް އަލް ބަޝީރު ސޫދާނުގެ ރައީސްކަމަށް އިންތިހާބުވެފައިވަނީ ގެނެވުނު އަސްކަރީ ބަގާވާތެއްގައި 1989 ވަނަ އަހަރު އޭރުގެ ބޮޑުވަޒީރު ޞޯދިގު އަލް މަހުދީ ވެރިކަމުން ދުރުކުރުމަށް ފަހުގައެވެ.