English Edition
Dhivehi Edition

އެސިޑު ހަމަލާއެއްގެ ޝިކާރައަކަށްވީ ލަކްޝްމީ އަގަރްވާލުގެ ހަޔާތުގެ މައްޗަށް ނެރޭ ފިލްމު ‘ ޗަޕާކް’ގެ ޓްރައިލާ ދައްކާލައިފިއެވެ.

އަންނަ މަހުގެ 10 ވަނަ ދުވަހު ސިނަމާތަކުގައި ދެއްކުމަށް ތައްޔާރުވަމުން އަންނަ މި ފިލްމުގައި އެސިޑް ހަމަލާގެ ޝީކާރައަކަށްވި ލަކްޝްމީ ގެ ރޯލުން ފެނިގެންދާނީ ބަތަލާ ދީޕިކާ ޕަދްކޯން(މާލްތީ) އެވެ. ފިލްމުގައި ދީޕިކާގެ ފިރިމީހާގެ ރޯލުން ފެނިގެންދާނީ ވިކްރަންތު މަސޭ( އަލޯކް ޑިކްސިތު) އެވެ.

މެގްނާ ގުލްޒާރު ޑައިރެކްޓް ކުރާ މި ފިލްމުގެ ފަސްޓްލުކް މިއަހަރުގެ މާޗް މަހު ދައްކާލާފައިވާއިރު، ދީޕިކާ ފެންނަނީ އެސިޑް ހަމަލާގައި މޫނަށް ލިބުނު ގެއްލުމަށް ސާޖަރީ ހެދުމުން ލަކްޝްމީ މިހާރު ހުރި ސިފައިގަ އެވެ.

މި ފިލްމުގެ ޓްރައިލާ ފެށިގެންދަނީ އިންސާފު ހޯދުމަށް ކުރާ މުޒާހަރާތަކާއެކު މަލްތީ އަށް ދިން އެސިޑް ހަމަލާ އާއި ގުޅޭ ގޮތުން ނޫސްވެރިން އޭނާގެ ފިރިމީހާ އަލޯކް އާއި ސުވާލު ކުރާ ހިސާބުންނެވެ. އެ މަންޒަރަށްފަހު ޓްރައިލާގައި ރޯމާ ދުވާލު މަލްތީއަށް އެސިޑް ހަމަލާދޭތަންވެސް ފެނިގެންދެއެވެ. މި ފިލްމުގެ ޓްރައިލާގައިވެސް ނޭވާ ހިފަހައްޓާލަންޖެހޭ އެތައް މަންޒަރެއް ފެނިގެން ދިޔަ އިރު ގިނަ ބަޔަކު އަންނަނީ މި ފިލްމު ސިނަމާގައި އަޅުވާނެ ދުވަހަކަށް އިންތިޒާރުކުރަމުންނެވެ.

މި ފިލްމުގައި އެސިޑް ހަމަލާއަށްފަހު ދުނިޔެ އާއި ކުރިމަތިލުމަށް މަލްތީ ކުރާ ހިތްވަރާއި އޭނާގެ ދިރިއުޅުން ކާމިޔާބުކުރުމަށް ކުރާ މަސައްކަތްތައް ވަރަށް ފުރިހަމައަށް ފެނިގެންދާނެކަމަށް ފިލްމުގެ ޕްރޮޑެކްޝަން ޓީމުންވަނީ ބުނެފައެވެ.

މި ފިލްމުގެ ވާހަކަ ބިނާވެގެންވާ ލަކްޝްމީ އެސިޑްގެ ޝިކާރައަކަށްވީ އުމުރުން އެންމެ 15 އަހަރުގަ އެވެ. މިހާރު އޭނާ އަކީ އެސިޑު ހަމަލާތައް ހުއްޓުވުމަށް ތަފާތު ކެމްޕެއިންތައް ހިންގަމުން އަންނަ މީހެކެވެ.