English Edition
Dhivehi Edition

ލިޔުނީ: ޒީނިޔާ އަބުދުﷲ ދީދީ

ބައިނަލް އަގުވާމީ ސިއްޙަތު ދުވަސް، މިއަދު ހުޅުދޫ ސްކޫލްގައި ފާހަގަ ކޮށްފިއެވެ. މިދުވަސް ފާހަގަކޮށް ފައިވަނީ ޚާއްސަ އެސެމްބުލީއަކުންނެވެ. އެސެމްބުލީގައި ދަރިވަރުން ދުވާހާއި ގުޅޭ ގޮތުން ވާހަކަ ދެއްކިއެވެ. އަދި މިއަހަރުގެ ޝިއާރު “ޑިޕްރޝަން ލެޓްސް ޓޯކު” އާބެހޭ ގޮތުން ތަފާތު މައުލޫމާތު ދެވުނެވެ.

ސްކޫލާއި މިވަގުތު ހަވާލުވެ ހުންނެވި ލީޑިން ޓީޗަރ ޠަވީލު އަބުދުލް މުހުސިން ވިދާޅުވި ގޮތުގައި ހުޅުދޫ ސްކޫލް ގައި މިދުވަސް ފާހަގަ ކުރުމުގެ ބޭނުމަކީ ދަރިވަރުން ސިއްޙަތާއި މެދު ހޭލުންތެރި ކުރުމަށާއި ، ޑިޕްރެޝަން މިބައްޔަކީ މިހާރު ވަރަށް ގިނައިން ފެންނަމުންދާ ބައްޔަކަށް ވެފައި ، މިބައްޔަށް ދަރިވަރުންނާއި ސްކޫލްގެ މުއައްޒަފުން ހޭލުން ތެރިކޮށް ، މިބަލި ޖެހުމުން އަޅާނެ ފިޔަވަޅުތަކާއި މެދުހޭލުންތެރި ކުރުމެވެ.

މިދުވަސް ފާހަގަ ކުރުމުގެ ގޮތުން ދަރިވަރުން މިއަދުގެ އިންޓަވަލް ގަޑީ ކެއުމަށް ބޭނުންކުރީ ސިއްޚަތަށް ފައިދާހުރި ކާނާއެވެ. އެއަށްފަހު ސްކޫލްގެ ހެލްތުކުލަބްގެ ފަރާތުން ކޮންމެ ދަރިވަރަކަށް ޑިޕްރެޝަނާއި ބެހޭގޮތުން މަޢުލޫމާތު ކަރުދާހެއް ދިނެވެ. ވަކިވަކި ކުލާސް ތަކުގެ މެދުގައި “ޑިޕްރޝަން ލެޓްސް ޓޯކު”މިޝިއާރުގެ ދަށުން ޕޯސްޓަރ ކުރެހުމަށް ފަހު ދަރިވަރުން ވަނީ އެޕޯސްޓަރުތައް ހުށަހަޅާފައެވެ.

ތަކުރާރުކޮށް ސްކޫލް ތަކުގައި ބުލީ އާއި ކުރިމަތިލާންޖެހޭ ދަރިވަރުން ޑިޕްރެޝަން އަށް މަގުފަހިވެ އެވެ. ޑިޕްރެޝަން އަކީ ބަލިކަށި ކަމުގެ އަލާމާތެއް ނޫނެވެ. އެއީ ސީރިޔަސް ބައްޔެކެވެ. އެހެން ކަމުން މިބައްޔާ ބެހޭގޮތުން ދަރިވަރުންނަށް މައުލޫމާތު ދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ރާއްޖޭގައި ކިޔަވާ ކުދިންނަކީ، ދުޅަހެޔޮ އަދި ޙަރަކާތެރި ދަރިވަރުންނަށް ހެދުމަކީ އިސްކަންދޭންޖެހޭ ކަމެއްގެ ގޮތުގައި ރާއްޖޭގެ ކަމާބެހޭ ރަސްމީ މުއައްސަސާތަކާއި އިޖްތިމާޢީ ޙަރަކާތްތެރިން ޤަބޫލުކުރެއެވެ. އެހެން ކަމުން މިފަދަ ހަރަކާތްތައް ސްކޫލް ތަކުގައި ހިންގުމަކީ ވަރަށް މުހިއްމު ކަމެކެވެ.