English Edition
Dhivehi Edition
ހުނަރުވެރި ފެހުންތެރިޔާ ވަސީލާ ޝަރީފް

 

ފެހުމުގެ މަސައްކަތަކީ ނުހަނު ބުރަ އަދި އެހާމެ ޒިންމާ ބޮޑު ވަޒީފާއެކެވެ. ފަހާމީހަކު އެންމެ ބޮޑަށް ވިސްނާނެ އެއްކަމަކީ އޭނަގެ މަސައްކަތް އެންމެ ފުރިހަމައަށް ގަޑިޔަށް ނިންމުމެވެ. މިހާރު ވަރަށް ގިނަ ކަސްޓަމަރުންގެ ލޯބިލިބިފައިވާ ވަސީލާ ޝަރީފަކީ ގއ. ކޮލަމާފުއްޓަށް އުފަން ޒުވާނެކެވެ. ވަސީގެ މަސައްކަތާ ބެހޭގޮތުން އޭއޯނިއުސް އަށް ދެއްވި ބަސްދީގަތުން ތިރީގައި އެވަނީއެވެ.

ވަސީ ފަހާފައިވާ ހެދުންތައް

މިއީ ކިހިނެތް ފެށުނު މަސައްކަތެއް ތޯ؟

އަޅުގަނޑު އެންމެ ފުރަތަމަ ފެހުމަށް ލޯބި ޖެހުނީ ވަރަށް ތުއްތުއިރު އޭރު މަންމަ ފަހާތަން ފެނުމުން ހަމަ ފަހާހިތްވީ. އޭގެ ފަހުން ދެން ބޮޑުވުމުން އަޅުގަނޑު ގޭގައި އިނދެގެން އަމިއްލައަށް ފަހަންފެށީ އޭރު ފަހަނީ އަމިއްލަ ހެދުންތައް. ފަހަން ޝައުގުވެރިކަން ހުރި ވަރުން އަމިއްލައަށް ފުރަތަމަ ފަހާ ހެދުންތައްވެސް ގަޔަށް ވަރަށް ރީތިކޮށް ހުންނަނީ. އާއިލާ މީހުންވެސް ބުނާނެ ހަމަ ވަސީއަށް މިކަން ވާނެއޭ. ވަސީގެ މަސައްކަތް ފެށުނުގޮތް ކިޔައިދެމުން ބުންޏެވެ.

މިހާރު ރަސްމީކޮށް ފެހުމުގެ މަސައްކަތް ފެށުމުގެ ހިޔާލު އައީ ކިހިނެތް ތޯ؟

އަޅުހަނޑު އަބަދުވެސް ރައްޓެހިންނަށް ހެދުން ފަހައިދީ ހަދަން ހުސްވަގުތު ކޮޅު. އަސްލު ވަޒީފާގެ ގޮތުން ނުވެފައި ހުރީ . އަޅުގަނޑަކީ ޓީޗަރެއް އަދި ދެކުދިންގެ މަންމަ އެއް. މާލެ ބަދަލުވުމަށްފަހު ފިރިމީހާއާއި 2 ކުދިންނާ އެކު އުޅެނީ ވަކިން އެޕާޓްމެންޓެއްގައި މިހެން އުޅޭތީ ފެހުމަށް ވަގުތު ނުވަނީ. ނަމަވެސް ހަގު ދަރިފުޅު ވިހައިގެން 6 މަސްދުވަހުގެ ޗުއްޓީގައި ހުއްޓާ ރައްޓެހިން ފަހަން ދޭތީ އާއި ފެހުމަށް ހިތްވަރު ދިނީމަ މިމަސައްކަތް ފެށީ އަލުން.

ޗުއްޓީ ނިމުމަށްފަހު ވެސް ފަހަން ގަސްތު ކުރަންތޯ؟

ލިބޭ ތަރުހީބާ ބަލާފައި ހުއްޓާލަން ގަސްތު ނުކުރަން . އަޅުގަނޑު އަބަދުވެސް ދެކޭ ހުވަފެނެއް ފަހާތަނެއް ހުޅުވައި އެމަސައްކަތުގައި އުޅެން. އިރާދަ ކުރެއްވިއްޔާ މިހުވަފެންވެސް ސީދާވާނެ. މިއީ ވަރަށް ބޮޑު އުންމީދެއް.

ވަސީ އެކަނި އުޅެމުންވެސް ފެހުމަށް ވަގުތު ހޯދަނީ ކިހިނެއްތޯ؟

އަސްލު ތެދަށް ބުނާނަމަ ބެބީ އަދި ވަރަށް ކުޑަ. ވަރަށް ވަގުތު ނޯވޭ ނަމަވެސް އަޅުގަނޑުގެ ފިރިމީހާގެ އެހީތެރިކަން ވަރަށްބޮޑަށްލިބޭ. ބޮޑުކުއްޖާ އަކީ އަމިއްލަ އަށް އުޅެވޭ ވަރު ކުއްޖެއް. ދެން ބޭބީ އަދި ވަރަށް ކުޑަ ވީމަ ފިރިމީހާ ވެސް ބަލައި ދޭތީ މިމަސައްކަތްވަނީ. އާންމު ގޮތެއްގައި އަޅުގަނޑު ފަހަން ފަށަނީ ރޭގަނޑު ވަރަށް ލަސްވާފަހުން. ފަހަން ފަށާގޮތަށް ހަމަ ނިންމާފައި ތެދުވަނީ ވެސް .

އާންމުގޮތެއްގައި ފަހާމީހުންގެ ދިމާވާ މަސްލައެއް ގަޑިޔަށް ނުނިމުން ވަސީ ގެ މިކަހަލަ މައްސަލަ އެއް ދިމާވޭތޯ؟

ނޫން. އަޅުގަނޑު އޯޑަރ ނަގައިފިއްޔާ ހަމަ ބުނާ ދުވަހަކަށް ގަޑިޔަށް ނިންމަން އަބަދުވެސް މަސައްކަތް ކުރަން . ދުވަހަކުވެސް މިހައިތަނަށް އެއްވެސް ކަސްޓަމަރަކު ހިތްހަމަ ނުޖެހޭފަދަ ކަމެއް ވެފައެއްނެތް. އެންމެންވެސް އަޅުގަނޑުގެ މަސައްކަތާ މެދު ހިތްހަމަޖެހިގެން ގެއަށްދަނީ.

މިމަސައްކަތުން ފީޑްބެކް އަންނަނީ ކިހިނެތްތޯ؟

ކުރިންވެސް ދެންނެވިހެން އަޅުގަނޑު ، ގަޑިޔަށް އަދި ކަސްޓަމަރ ބުނާގޮތަށް ހެދުން ފެހުމުން ހަމަ ވަރަށް ހިތްހަމަޖެހިގެން ދަނީ . އަދި އެންމެ އުފާވަނީ ހެދުން ހެޔޮވަރު ކުރުމަށް ލުމަށް ފަހު ކަސްޓަމަރުން ވަރަށް ރީއްޗޭ ގަޔަށް ވަރަށް ފިޓްކޮށްނޭ ހެދުން އޮތީ ބުނެ އެދޭ ފީޑްބެކް ލިބުމުން.

ކޮންކަހަލަ ހެދުމެއް ތޯ ފެހުމަށް އެންމެ ބޮޑަށް ޝައުގު ވެރިކަން ހުންނަނީ؟

އަޅުގަނޑު ފަހަން ހުރިހާ ވައްތަރެއްގެ ހެދުންވެސް. ކަސްޓަމަރު އެދެއްކި ޑިޒައިނަކަށް ފަހަން. އެކަމަކު މިހާތަނަށް އެންމެ ގިނައިން ފަހަން ލިބިފައި ހުރީ “ގައުންސް” ތައް.

ނިންމާލަމުން ބުނެލާނީ ކީކޭތޯ؟

އަޅުގަނޑު ވަރަށް އުފާވޭ ކަސްޓަމަރުން ނަށް އެމީހުން ބޭނުން ވާގޮތަށް އެންމެ ފުރިހަމައަށް މަސައްކަތް ނިންމޭތީ. އަދި ކަސްޓަމަރުންގެ ފީޑްބެކް ރަނގަޅަށް ލިބޭތީ. އަދި ނިންމާ ލަމުން އަޅުގަނޑު ފިރިމީހާގެ އެހީތެތިކަން މި މަސައްކަތަށް ލިބޭތީ ފިރިމީހާ އަށް ވަކިން ޚާއްސަ ޝުކުރެއް އަދާ ކުރަންބޭނުން.

ވަސީ ގެ ރީތި ފުރިހަމަ މަސައްކަތް ދައްކާލުމަށް ފޭސްބުކް ޕޭޖް “ވަސީސް ކޫޗާ”(Wasy’s couture ) ގެ ނަމުގައި ޕޭޖް އެއް ހުޅުވާފައިހުރެއެވެ. މި ޕޭޖުން ފެންނަ ވަސީގެ މަސައްކަތް ވަރަށް ވެސް ރީތި ވެފައި ފުރިހަމައެވެ. ހުނަރު ވެރި މި ޒުވާން ފެހުން ތެރިޔާ ބުނާ ގޮތުން އޭނަ ގެ ފަރާތުން ހިދުމަތް ހޯދަނީ ހަމަ އެކަނި މާލޭގައި ދިރި އުޅޭ މީހުން އެކަންޏެއް ނޫނެވެ. ރަށް ރަށުން ރަށުގައި ތިބެގެން ހެދުން ފެހުމަށް ޑިޒައިން ފޮނުވާ ހެދުންފަހަން ބޭނުންވާ ސާމާނާއި ހަށިގަނޑުގެ މިންތަކާއި އެކީ ފޮނުވައިގެންވެސް ހިދުމަތް ހޯދައެވެ. ވަސީ ބުނާ ގޮތުން މި ގޮތަށް ހިދުމަތް ހޯދާ މީހުން ގެ ފަރާތުން އެޑްވާންސެއް ނަގައި ހެދުން ފެހުމުގެ މަރުހަލާގައި ކަސްޓަމަރާ ވީޑިއޯކޯލްގެ ޒަރިއްޔާއިން ވާހަކަދައްކައި ހެދުން އެކަސްޓަމަރަކު ބޭނުންވާ އެންމެ ފުރިހަމައަށް ނިންމޭތޯ ބަލައެވެ.

އޭއޯ ނިއުސް އިން އެދެނީ މިޒުވާން ހުނަރު ވެރި ފެހުން ތެރިޔާއާށް އިރުތުކާމިޔާބީ އެވެ.

2 ކޮމެންޓް
ޙަސަން
ނޮވެމްބަރު 29, 2022
ޙެދޫންތައް ރީޢްޗަކަސް އޮރިޔާން ނިވާނުވޭ. ބުރުގާ އަޅަން ނުދަންނަހެން ހީވަނީ. ނަމަކަށް އަޅާފައޮތް އެއްޗެއްތީ
Jameel
ޑިސެމްބަރު 9, 2019
Kamaku nudhay buruga ahlhaagen fiyan gadu eygay