English Edition
Dhivehi Edition
ލިޔުނީ: އަހްމަދު ހިޒާމް ޙަލީލު އަދި ފާތިމަތް ޝުހާ ރަޝީދު
މިއަހަރުގެ ފޭދޫ ސްކޫލުގެ އަދަބީ ހަރަކާތްތައް މި މަހުގެ 10 ވަނަ ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.
ދިވެހި ހަފްތާގެ މަގްސަދަކީ ތަފާތު ހަރަކާތްތަކުގެ ތެރެއިން ދަރިވަރުންގެ ހިތުގައި ދިވެހި ބަހަށް ލޯބިޖައްސައި، ދިވެހި ބަހުގެ ހަމައާއި ގަވައިދު ދަރިވަރުންނަށް ދަސްކޮށްދީ ވާހަކަ ދެއްކުމުގައްޔާއި ލިޔުމުގައި ދިވެހި ބަސް ހެޔޮގޮތުގައި ބެނުންކުރުމަށް ދަރިވަރުންނަށްހިތްވަރުދިނުމެވެ.
މިއަހަރުގެ ދިވެހި ހަފްތާގައި ގިނަ އަދަދެއްގެ ތަފާތު ހަރަކާތްތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ޅެންކިޔުމާއި، ރައިވަރުކިޔުމާއި، ބަނދިކިޔުމާއި، ވާހަދެއްކުމާއި، އިޝާރާތްކުރުމާއި، ކުރުވާހަކަ ކިޔުމާއި، ހަބަރު އަދި ރިޕޯޓްކިޔުން ހިމެނެއެވެ. މީގެ އިތުރުން ކްލާސްތަކުގެ މެދުގައި ޑްރާމާ ، ދިވެހި އެވޭލާ ކުޅިވަރު އަދި ޅެން ހުށައެޅުމުގެ މުބާރާތްތައްވެސް ބާއްވަންވަނީ ހަމަޖެހިފައެވެ.މީގެ އިތުރުން މިހަފްތާގެ ނިންމުން ފާހަގަކުރުމެގެ ގޮތުން ދިވެހި ކެއުމެއްވެސް ބާއްވަން ވަނީ ހަމަޖެހިފައެވެ. މި ކެއުމަކީ ގިނަ ދިވެހި ކާނާތައް ހިމަނައިގެން ކޮންމެ އަހަރަކުވެސް ބާއްވާ ވަރަށް ފޯރިގަދަ ކެއުމެކެވެ.
ފޭދޫ ސްކޫލަކީ ކޮންމެ އަހަރަކުވެސް ދިވެހި ބަސް ކުރިއެރުވުމަށްޓަކައި ގިނަގުނަ ހަރަކާތްތައް ކުރިޔަށްގެންދާ ސްކޫލެކެވެ. މިގޮތުން 2014 ވަނަ އަހަރު ބޭއްވި އަދަބީ ހަރަކާތްތައް އެއްމަސް ދުވަހުގެ މުއްދަތަކަށް ދެމިގެންދިޔައެވެ. އަދި ހަމައެހެންމެ މިހާރު ދިވެހި ރާއްޖޭގައި ދިވެހި ތައުލީމު މިހާ ފުޅާކޮށް ކިޔަވައިދެމުން ގެންދާއިރު، މިފަދަ ހަރަކާތްތައް ވެގެންދާނީ ދަރިވަރުންނަށާއި އެ ދަރިވަރުންގެ ނަތީޖާ ރަނގަޅު ކުރުމަށް ލިބޭ ވަރަށް ރަނގަޅު ފުރުަސަތަކަށް ކަމަށް ފޭދޫ ސްކޫލުން ދެކެއެވެ،