English Edition
Dhivehi Edition

ލިޔުނީ: މުހައްމަދު ހިޒްޔަމް

ޝަމްސުއްދީން ސްކޫލުގެ ޕީޓީއޭ އިން މަސައްކަތު ދުވަސް ފާހަގަ ކޮށްފިއެވެ. ސްކޫލުގެ ދަރިވަރުންނާއި ޓީޗަރުން އަދި ޕީ.ޓީ.އޭ މެމްބަރުން ބައިވެރިވެގެން ކުރިއަށް ގެންދިޔައީ ހޮނިހިރު ދުވަހުގައެވެ.

ސްކޫލުގެ ޑެޕިއުޓީ ކެޕްޓަން މުހައްމަދު ހިޒްޔަމް މައުލޫމާތު ދިން ގޮތުގައި މި ހަރަކާތުގެ މައިގަނޑު ބޭނުމަކީ ދަރިވަރުން މުުޖުތަމައު އަށް ނިކުންނަ އިރު، އެކުދިންގެ ކިބައިގައި މަސައްކަތްތެރިކަމުގެ ހުނަރު އަށަގެންނެވުމެވެ.

ސްކޫލުގެ ޕްރިންސިޕަލް ޝަރުފިއްޔާ އަހުމަދު ދީދީ ވިދާޅުވި ގޮތުގަައި މި ހަރަކާތުން ލިބޭ އާމްދަނީ ހަރަދު ކުރާނީ ދަރިވަރުންނާއި ސްކޫލުގެ ތަރައްގީ އަށެވެ. މީގެ އިތުރުން ޝަރުފިއްޔާ ވަނީ ސްކޫލު ކުދިންނާއި ޓީޗަރުން އަދި ޕީ.ޓީ.އޭ ގެ މެމްބަރުންގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަ ކޮށްފައެވެ.

މި ހަރަކާތް ކުރިއަށް ގެންދިޔައީ ސްކޫލްގެ ޕީ.ޓީ.އޭގެ ބެލެނިވެރިންނާއި ޓީޗަރުން އަދި ދަރިވަރުން 4 ގުރޫޕަކަށް ބަހާލައިގެންނެވެ. މިގޮތުން 1 ވަނަ ލިބުނު ގުރޫޕް އަކަށް ހޮވިފައި ވަނީ ފާތިމަތު ސަމާހާ އަދި އާމިނަތު ރަޝީދާ ލީޑް ކުރި ގުރޫޕެވެ. އެ ގްރޫޕަށް ވަނީ މުޅިއެކު 10034.40 ރުފިޔާ ލިބިފައެވެ. މިއާއެކު މި ހަރަކާތައް ލިބުނު ޖުމުލަ ޢާމްދަނީ ވަނީ 28304.40 ރުފިޔާ އަށް އަރާފައެވެ.

ޝަމްސުއްދީން ސްކޫލުގެ މެނޭޖްމެންޓް އިން ވަނީ ޓީޗަރުންނާއި ދަރިވަރުން އަދި ޕީޓީއޭގެ މެމްބަރުންގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކޮށް އެ ދަރިވަރުންނަށާއި ޓީޗަރުން އަދި ބެލެނިވެރިންނަށް ޝުކުރު އަދާ ކޮށްފައެވެ.