English Edition
Dhivehi Edition

އޭޝިއާގެ ކުޅިވަރު އިންޑަސްޓްރީގެ އެންމެ ޝަރަފުވެރި އެއް އެވޯޑް ކަމުގައިވާ އެސް.ޕީ.އައި.އޭ އޭޝިއާ އެވޯސްޑްގެ “ބެސްޓް ޔޫސް އޮފް ޓެކްނޮލޮޖީ އިން ސްޕޯރޓްސް” ކެޓަގަރީއިން ފަހުރުވެރި ބްރޯންޒް އެވޯޑް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ މަގުބޫލު ދުވުމުގެ ހަރަކާތް ކަމަށްވާ ދިރާގު މޯލްޑިވްސް ރޯޑް ރޭސް ހާސިލް ކޮށްފިއެވެ.

އިންޑަސްޓްރީގެ ޕްރޮފެޝަނަލުންނާއި ދުނިޔޭގެ ތަރިންނާ އެކު 600 އަށް ވުރެ ގިނަ ޑެލިގޭޓްސް ބައިވެރިވި މި އެވޯޑް ހަފުލާ އޮތީ ސައުތު އީސްޓް ގޭމްސްގެ ރަސްމީ ހަރަކާތްތަކުގެ ހަވާސާގައި، ޑިސެމްބަރު 2-3 އަށް ފިލިޕީންސްގެ ވެރިރަށް މެނީލާގެ ގްރޭންޑް ހަޔާޓް މެނީލާ ހޮޓަލުގައެވެ.

 

އޭޝިއާގެ ލީޑިން ސްޕޯޓްސް ބިޒްނަސް ކޮންފަރެންސް އަދި އެވޯޑް ޕްލެޓްފޯމުގެ މި ޝަރަފްވެރި އެވޯޑްސްގެ އެކި ކެޓަގަރީތަކަށް ދިރާގުގެ އިތުރުން އޭޝިއާގެ 47 ގައުމަކުން 500 އެއްހާ ނޮމިނޭޝަންސް ހިމެނުނެވެ. އެގޮތުން މި ވާދަވެރި އެވޯޑް ތަކަށް ދިރާގު މޯލްޑިވްސް ރޯޑް ރޭސް ބައިނަލް އަގުވާމީ ބޮޑެތި ދުވުންތަކާއެކު ވަނީ ވާދަކޮށްފައިއެވެ. ހުރިހާ ކެޓަގަރީއެއްގެ ދުވުންތައްވެސް އިންސާފުކޮށްދެއްފައިވަނީ ކުޅިވަރުގެ ދާއިރާގެ ތަޖުރިބާކާރު ޖަޖިންގ ޕެނަލް އަކުން ބައިނަލް އަގުވާމީ ކުޅިވަރ އެވޯޑް ތަކުގެ މިންގަޑުތަކަށް ފެތޭގޮތަށެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭސް ވަނީ އިތުރު 4 ކެޓަގަރީ އަކުން ނޮމިނޭޓް ވެފައިއެވެ. އެއީ

– ބެސްޓް ސްޕޯޓްސް ފޭން އެންގޭޖްމަންޓް ކެމްޕެއިން އޮފް ދަ އިޔާ

– ބެސްޓް އިންޓަގްރޭޓެޑް މާކެޓިން ކެމްޕެއިން ފޮ އަ ސްޕޯޓިން އިވެންޓް

– ބެސްޓް ސްޕޯޓްސް ސީ .އެސް .އާރް އިނީޝިއޭޓިވް އޮފް ދަ އިޔާ

– ބެސްޓް ސްޕޯޓްސް ޓޫރިޒަމް ޑެސްޓިނޭޝަން ކެމްޕެއިން އޮފް ދަ އިޔާ

 

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2019 އަކީ 5ގީ/އައިއޯޓީ ބޭނުންކޮށް ޑިޖިޓަލް ވަސީލަތްތަށް މެދުވެރިކޮށް ބޭއްވާ އެންމެ ބޮޑު އަދި ރާއްޖޭގައި ބާއްވާ ހަމައެކަނި ބައިނަލްއަޤުވާމީ ރޭހުގެ އިތުރުން ހަރަކާތްވެސް މެއެވެ. ރޭހުގައި ބައިވެރިވާން ރެޖިސްޓަރ ކުރާ ހިސާބުންފެށިގެން ރޭސް ނިންމުމާ ހަމައަށް ދިރާގުން ދަނީ ދުވުންތެރިންނަށް ޑިޖިޓަލް ވަސީލަތްތަކުން ލުއިފަސޭހަތަށް ފޯރުކޮށްދެމުންނެވެ. އެގޮތުން ދިރާގުން ވަނީ މި ރޭހަށް ހާއްސަ ކޮށްގެން މޮބައިލް އެޕްލިކޭޝަނެއް ވެސް ތައާރަފު ކޮށްފައިއެވެ. މި އެޕްގެ ޒަރިއްޔާއިން ދުވުންތެރިންގެ ބިބުގައި ހަރުކޮށްފައިވާ ޗިޕް މެދުވެރިކޮށް ނަގާ ޑޭޓާތައް ދުވުންތެރިޔާ އާއި ހަމައަށް ގެނެސްދެއެވެ.

 

މީގެ އިތުރުން، މިއަހަރުގެ ރޭހުގައި ދިރާގުން ވަނީ ސައުތު އޭޝިއާގައިވެސް އަލަށް 5ޖީ ޓެކްނޮލޮޖީ މެދުވެރިކޮށް މި ރޭސް ޓީވީ އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ލައިވް ކޮށްފައިއެވެ.

ދިރާގުގެ ޗީފް މާކެޓިންގ އޮފިސަރ، މަހުމޫދް ދައްސަރ ވިދާޅުވީ އެސްޕީއައީއޭ ފަދަ މި ސަރަހައްދުގެ ކުޅިވަރު އިވެންޓްތަކުގެ އެވޯޑް ޕްލެޓްފޯމެއްގައި ދިރާގު މޯލްޑިވްސް ރޯޑް ރޭހަށް މިފަދަ ކާބިޔާބީއެއް ލިބުމަކީ ދިރާގާއި މުޅި ރާއްޖެއަށްވެސް ލިބޭ ވަރަށް ބޮޑު ފަހުރަކާއި ޝަރަފެއްކަމަށެވެ. އަދި އޭޝިއާގެ ގަދަ 10 ކުޅިވަރުގެ ހަރަކާތްތަކާއި ބްރޭންޑްތަކާ އެކު ދިރާގު މޯލްޑިވްސް ރޯޑް ރޭހަށް މިފަދަ ކާމިޔާބީއެއް ލިބިގެން ދިޔުމަކީ ރޭހަށް ހާސިލްކުރެވުނު ވަރަށްވެސް ބޮޑު އަދި މުހިންމު ލަނޑުދަޑިއެއްކަމަށެވެ. މަހުމޫދު އިތުރަށް ވިދާޅުވިގޮތުގައި، މިއަދު މި ހާސިލް ކުރެވުނު އެވޯޑަކީ މި އިވެންޓުގައި ހަރަކާތްތެރިވާ ދިރާގުގެ ޓީމްތަކުން ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ރޭސް އިތުރަށް ފުރިހަމަ ކުރަން ކެނޑިނޭޅިކުރަމުންދާ މަސައްކަތުގެ ނަތީޖާކަމަށާއި އަދި އަންނަ އަހަރުގެ އިވެންޓް އިތުރަށް ފުރިހަމަކުރުމަށް ޓީމްތަކަށް ލިބިގެންދާ ވަރަށް ބޮޑު ހިއްވަރެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ދުނިޔޭގެ ފެންވަރުގައި ވިދާލަމުން އަންނަ ދުވުމެކެވެ. އެގޮތުން 2018 ވަނަ އަހަރު އިޖުތިމާއީ ހަރަކާތްތަކަށް ބިނާކޮށް، އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓެންސް (އެއިމްސް) އިން ދޭ ބައިނަލްއަގުވާމީ ސޯޝަލް އެވޯޑްގެ ގަދަ ތިނެއްގައި ވެސް މި ރޭސް ވަނީ ހިމެނިފަ އެވެ.