ނައިބު ރައީސް އިންޑިޔާއަށް ވަޑައިގެންފި
1 ދުވަސް ކުރިން
ޝާން މުޙައްމަދު

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި އަވައްޓެރި އިންޑިޔާއަށް ފުރާވަޑައިގެންފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ ނައިބު ރައީސްގެ މިދަތުރުފުޅުގައި އިންޑިޔާގެ ކެރަލާ އަދި ކަރުނާޓަކާ ސްޓޭޓަށް ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ނައިބު ރައީސްގެ މިދަތުރުފުޅުގައި، ދެޤައުމުގެ ރައްޔިތުންގެ މެދުގައިވާ ޒަމާންވީ ގާތްގުޅުން އިތުރަށް ބަދަހި ކުރެއްވުމާއި ދެޤައުމުގެ ދޭދޭ ގުޅުންތައް ހަރުދަނާކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

Advt

Advertisement

އިންޑިޔާ އަކީ ދިވެހީން އެންމެ ގިނައިން އެކި ބޭނުންތަކަށް ދަތުރުކުރާ އެއް ޤައުމަށް ވެފައި ނައިބު ރައީސްގެ މިދަތުރުފުޅުގައި އިންޑިޔާގައި ދިރިއުޅޭ ދިވެހި ޢާއިލާތަކާ ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައިވެއެވެ.

އިންޑިޔާ އާއި ރާއްޖޭގެ ގުޅުމަށް އެތައް އަހަރު ވެފައިވާއިރު ދެ ޤައުމުގެ މެދުގައި އޮތް މި ގުޅުން އިތުރަށް ވަރުގަދަކުރުމަށް ދެ ޤައުމުން ވެސް ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އިންޑިޔާ އަކީ ރާއްޖޭގެ ތަރައްގީ އަށް ހިންގާ މަޝްރޫއު ތަކަށާއި އިގްތިސާދީ އެތައް ކަމަކަށް އެހީތެރިވެދޭ ޤައުމެކެވެ.