English Edition
Dhivehi Edition

ލިޔުނީ:މަރިޔަމް ސަރާ ސާދިރު./

އިރުޝާދިއްޔާ ސްކޫލުގެ ދިވެހިދުވަސް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ. 14 އޭޕްރީލް ވާ ހުކުރުދުވަހަކީ ދިވެހި ބަހުގެ ދުވަހަށްވެފައި މި ސްކޫލުން ދިވެހި ދުވަސް ފާހަގަ ކޮށްފައިވަނީ ދިވެހި ބަހުގެ ދުވަހަށްވެސް ހާއްސަ ކޮށްގެންނެވެ.

ސްކޫލުގެ ހުރިހާ ދަރިވަރުން ވަނީ ދިވެހި ދުވަހަށް ހާއްސަކޮށްގެން ގެނެސްދިން ތަފާތު ހަރަކާތްތަކުގައި ބައިވެރިވެފައިވެއެވެ. ދަރިވަރުން ހުށަހަޅައިދީފައިވާ ހަރަކާތްތަކުގެ ތެރޭގައި ބަޑިޔާ، ބޮޑުބެރު، ޑްރާމާ، ރައިވަރު ކިއުން، ހަބަރުކިޔުން،ޅެންކިޔުން ފަދަ ހަރަކާތްތައް ހިމެނެއެވެ. އަދި ދަރިވަރުން ދިވެހި ބަހަށް ޝަޢުޤުވެރިކުރުމުގެ ގޮތުން ބަހާއިގުޅޭ ތަފާތު ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮއްސްފައެވެ. އެގޮތުން ބަސް ރަނގަޅުގޮތުގައި ބޭނުންކުރުމަށާއި، އަދަބީބަސްތައް ބޭނުންކުރެވޭނެ ހާލަތްތައް ދައްކުވާ ޑްރާމާތައް ހުށަހަޅައިދީފައިވެއެވެ

އަދި ދިވެހި ބަސް ދިރުވާ އާލާކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ދިވެހި ބަސް ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން ދިވެހި ޖަމްޢިއްޔާގެ ރައީސާ ވަނީ ވާހަކަދައްކާފައެވެ.

އަދި މީގެ އިތުރުން މި ހަފްލާގައި ދިވެހި ޖަމްޢިއްޔާގެ އިތުރުން އިސްލާމް ކްލަބުން ހިންގި ހަރަކާތްތަކުން ވަނަވަނައަށް އައި ދަރިވަރުންނަށް ހަނދާނީ ލިޔުން ދީފައެވެ. އަދި އިސްލާމް ކްލަބުގެ ފަރާތުންވެސް މިދުވަސް ފާހަގަ ކުރުމުގެ ގޮތުން ވަނީ އައިޓަމްތައް ހުށަހަޅަދީފައިވެއެ