ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެމްބަރުކަމުން އަބްދުއްރައޫފް އިބްރާހިމް މިއަދު އިސްތިއުފާދެއްވައިފިއެވެ.
ފަނޑިޔާރު ރައޫފް ޖޭއެސްސީގެ މެމްބަރުކަމުން އިސްތިއުފާ ދެއްވިއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް އޭނާ އައްޔަން ކުރުމާ މެދު މިދިޔަ ހަފުތާގައި ޖޭއެސްސީގެ ލަފައަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެދިވަޑައިގެންފަ އެވެ.
ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީގައި އިންނަވާ މެމްބަރު ކަމަށް ފަނޑިޔާރު ރައޫފް އައްޔަން ކުރެއްވީ 2017 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.
ޖޭއެސްސީން ރައޫފް އިސްތިއުފާ ދެއްވުމާ އެކު، ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެ މަގާމަށް 30 ދުވަސް ތެރޭގައި އެ ކޮމިޝަނަށް ބޭފުޅަކު އިންތިޚާބުކުރަން ޖެހޭނެ އެވެ.