English Edition
Dhivehi Edition

ދުނިޔޭގެ އެންމެ މަޝްހޫރު އެއް އެއާރލައިން އެމިރޭޓްސް އިން ވަރަށް ހަނދާނީ ރެކޯޑެއް ހަދައިފި އެވެ. އެގޮތުން އެމިރޭޓްސްގެ EK2019 އިން ވަނީ އިއްޔެ 145 ޤައުމަށް ނިސްބަތްވާ 540 ޕަސެންޖަރުންނާއި އެއްކޮށް ދަތުރެއް އަޅައި ދުނިޔޭގެ ރިކޯޑު ފޮތުން، މިހާތަނަށް އެއް ފްލައިޓަކުން އެންމެ ގިނަ ޤައުމުގެ ޕަސެންޖަރުންނާއި އެއްކޮށް ދަތުރުކުރި ކަމުގެ ރިކޯޑު ހޯދާފައި އެވެ.


140 ޤައުމަށް ނިސްބަތްވާ 540 ދަތުރުވެރިން ދިޔައީ އެމީހުންގެ ޤައުމުގެ ސަގާފީ ހެދުން ލައިގެން ނުވަތަ އެމީހުންގެ ޤައުމުގެ ސަގާފަތް ދައްކުވައިދޭގޮތަށް ހެދުން އަޅައިގެންނެވެ. މިއީ ޔުނިޓެޑް އަރަބި އެމިރޭޓްސް(ޔޫއޭއީ) ޤައުމީ ދުވަހާއި ދިމާކޮށް ހިންގި ހަރަކާތެކެވެ.

މި ފްލައިޓް އިން ދަތުރުކުރި މީހުންނަށް ހާއްސަ ސެޓްފިކެޓް އެއް ދީފައިވާއިރު ފްލައިޓް ދުބާއީ އެއާރޕޯރޓް ގައި ޖެއްސުމާއި އެކު އެ ފްލައިޓް އަށް ވަނީ ގިނިސް ވޯލްޑް ރެކޯޑް ފޮތުން ޖާގަ ލިބުމުގެ ސެޓްފިކެޓް ވެސް ދީފައެވެ. ތާރީޚީ މި ދަތުރުގައި ބައިވެރިވި އެންމެނާއި އެކުގައި ވަނީ ދަތުރުނިންމާލުމަށްފަހު ފޮޓޯއެއްވެސް ނަގާފައެވެ.