English Edition
Dhivehi Edition

“ދިރާގު އިންޓަރސްކޫލް ނެޓްބޯޅަ ޓޯނަމެންޓް 2017 “ގެ ނަމުގައި އިންޓަސްކޫލް ނެޓްބޯޅަ މުބާރާތެއް އައްޑޫގައި އިއްޔެ ފަށައިފިއެވެ.

އައްޑޫގެ ސްކޫލުތަކުގެ މެދުގައި ބާއްވާ މި މުބާރާތަކީ ކުދިންގެ ހުނަރު ކުރިއެރުވުމަށާއި ސްކޫލްތަކަުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް އުނގެނުމުގެ ތެރެއިން ދަރިވަރުންނަށް އިތުރު ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ މަޤްޞަދުގައި ރޭވިގެން ކުރިއަށް ދާ މުބާރާތެއް ކަމަށް މުބާރާތް އިންތިޒާމު ކުރާ ފަރާތް ކަމަށްވާ ހިތަދޫ ސްކޫލުން ބުނެއެވެ.

މުޅިއެކު 11 ސްކޫލަކުން ބައިވެރިވާ މި މުބާރާތް ފަށާފައިވަނީ އިއްޔެ ހެނދުނު 7.00 ގައި ހިތަދޫ ސްކޫލުގައެވެ. މި މުބާރާތް މިއަހަރު އިންތިޒާމްކޮށް ކުރިއަށް ގެންދަނީވެސް ހިތަދޫސްކޫލުންނެވެ.

މުބާރާތް ކުރިއަށް ގެންދާނީ ޖޫން މަހުގެ 26 އިން 30 އަށް ކުރިއަށެވެ.

ދިރާގުން ސްޕޮންސަރ ކޮށްފައިވާ މި މުބާރާތުގެ ކޯ ސްޕޮންސަަރުންނަކީ ބޭންކް އޮފް މޯލްޑިވްސް އާއި ފަލަކު ސްޕޯރޓްސް އެވެ.