English Edition
Dhivehi Edition
ޕީޖީ އާއިޝަތު ބިޝާމް - ފޮޓޯ: ޕީއެސްއެމް

ޕްރޮސެކިއުޓަރ ޖެނެރަލް(ޕީޖީ) ކަމުގެ މަގާމުން އައިޝަތު ބިޝާމް އިސްތިއުފާ ދެއްވައިފިއެވެ.

ބިޝާމް އިސްތިއުފާ ދެއްވާފައި މިވަނީ އެކަމަނާ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަލް ކޮމެޓީއަށް މިއަދު ހެންދުނު 11:00 އަށް ހާޒިރުވެފައެވެ.

ޕީޖީ ގެ މަގާމުން ބިޝާމް ވަކިކުރުމަށް 19 ވަނަ ރައްޔިތުންގެ މަޖިލީހުން އެތައް ފަހަރެއްގެ މަތީން މަސައްކަތް ކޮށްފައި ވެއެވެ.

ބިޝާމް މިއަދު ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ އެކަމަނާ ޕީޖީ ކަމުން ވަކިކުރުމަށް މަޖިލީހުން މަސައްކަތް ކުރާ އިޖުރާޢަތްތަކަކީ އިހްލާސްތެރި ނިޔަތެއްގައި ކުރިއަށް ގެންދަވާ އަދި ޤާނޫނުއަސާސީގެ ނައްސާއި ރޫހާއި އެއްގޮތައް ކުރިއަށް ގެންދަވާ އިޖުރާޢަތްތަކެއް ކަމުގައި ގަބޫލެއް ނުކުރެވޭ ކަމަށެވެ.

ޕީޖީ ކަމުގެ މަގާމުން ބިޝާމް ދުރުކުރުމަކީ މި ސަރުކާރުގެ ވައުދަކަށް ވާއިރު 1 އަހަރު ވެގެންދިޔައީ އެ ވައުދު ނުފުއްދިއެވެ.