English Edition
Dhivehi Edition

މި އަހަރުގެ ދެވަނަ ކުއާޓަރުގައި ދައުލަތަށް ދައްކަން ޖެހޭ ޖީއެސްޓީ ދައްކާފައިނުވާ 200 އަށްވުރެ ގިނަ ފަރާތްތަކުގެ ނަން، ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފި އެވެ.

މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން މިއަދު އާންމުކުރި ލިސްޓްގައި ޖުމްލަ 202 ފަރާތެއްގެ ނަން ހިމެނެއެވެ. އެއީ މި އަހަރުގެ ދެވަނަ ކުއާޓަރުގެ ޖީއެސްޓީ ބަޔާން ހުށަހަޅައިފައިނުވާ އަދި ފައިސާ ދައްކައިފައިނުވާ ފަރާތްތައް ކަމަށް މީރާ އިން ބުނެއެވެ.

އެ ފަރާތްތަކަކީ މާލެ، ވިލިނގިލި، ހުލުމާލެ، އަދި ޓޫރިސްޓް ރިސޯޓުތަކުގައި ވިޔަފާރިކުރާ ފަރާތްތަކެވެ.

މީރާ މެދުވެރިކޮށް މިދިޔަ އޮކްޓޯބަރު މަހު ދައުލަތަށް ވަނީ 927.61 ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ. އެގޮތުން އޮކްޓޯބަރު މަހު ބަލައިގަތް އާމްދަނީގެ ތެރޭގައި 35.4 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށް މީރާ އިން ބުނެއެވެ.

މީރާ އިން އިއްޔެ އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ލިބުނު އާމްދަނީ އަކީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހާ އަޅާބަލާއިރު 10.1% ކުޑަ އަދަދެއް ކަމުގައިވާއިރު، އެއީ މިދިޔަ މަހަށް ލަފާކުރި މިންވަރަށްވުރެ 6.8% އިތުރު އަދަދެކެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) އެވެ. އެއީ 59.8% ނުވަތަ554،884،823 ރުފިޔާ އެވެ. އަދި ދެވަނައަށް އެންމެ ބޮޑު އާމްދަނީޢެއް ލިބިފައި ވަނީ ޓޫރިޒަމް ލޭންޑް ރެންޓުންނެވެ. އެއީ 8.5% ނުވަތަ 79،071،996 ރުފިޔާ އެވެ.

މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި 5.7 ޕަސެންޓް ނުވަތަ 53.028،969 ރުފިޔާ އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 5.5% ނުވަތަ 51.115،723 ރުފިޔާ ލިބިފައިވާއިރު، އެއާޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި 5.4% ނުވަތަ 50.365،171 ރުފިޔާ އާއި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 139.14 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.