English Edition
Dhivehi Edition

ރައްޔަތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަކީ ނަމްބަރ ވަންކަމަށާއި މިހާރު ވެރިކަމުގައި ހުންނެވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަށް ތާއިދު ނުކުރައްވާ ކަމުގައި ރައްޔަތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު މިހެން ވިދާޅުވެފައިވަނީ ރައްޔަތުންގެ މަޖިލީހުގައި އިބްރާހީމް މުހައްމަދު ސޯލިހް އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ އެ މަނިކުފާނުގެ އިސްތިއުފާއަށް މަޖިލީހުގައި ގޮވަމުން ދަނީ ރައީސް ނަޝީދުގެ އިރުޝާދާއެކުގައި ކަމަށް ގިނަ ބަޔަކު ތުހުމަތުކޮށްފައިވާ ދަނޑިވަޅެއްގައެވެ. މިއަދު ‘ވަގުތު ނޫހަށް’ މައުލޫމާތު ދެމުން ޖާބިރު ވިދާޅުވީ ރައީސް ސޯލިހް އާއި އެމަނިކުފާނުގެ ސަރުކާރަށް ފާޑު ވިދާޅުވަނީ، ރައީސް ނަޝީދު ވިދާޅުވެގެން ނޫން ކަމަށާއި އެކަން ކުރައްވަމުން ގެންދަވަނީ ރައީސް، ޖާބިރަށް ބޮޑެތި މަކަރުތަކެއް ހަދާފައިވާތީ ކަމަށެވެ.

ރައީސް ސޯލިހް އަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވަމުން ޖާބިރު ވިދާޅުވީ އެ މަނިކުފާނު ވެރިކަމަށް އައީ ޖާބިރު އަތުން ލާރި ނަގައިގެން ކަމަށާއި އެހެންނަމަވެސް ވެރިކަމަށް އައިސް އޭނާއަށް ދޮގުހަދާ މަކަރު ހަދާފައިވާ ކަމަށެވެ. “ވެރިކަމަށް އައިސް ޖާބިރު ކަންތައް ހަމަޖައްސާދޭނަމޭ ބުނީ. ޖާބިރު އާއި ޖާބިރު އަންހެނުންނަށް އިހުތިރާމް ކުރާނަމޭ. އެކަމަކު އަޅުގަނޑު އަންހެނުން ފަނޑިޔާރު ގެއަށް އަންނަން އޮތް ފުރުސަތުވެސް އެމަނިކުފާނު ކަޓުވާލީ އަދި އަޅުގަނޑުގެ އަންހެނުން މަޖިލީހަށް އަންނަން އޮތް ފުރުސަތުވެސް ކަޓުވާލީ. އަޅުގަނޑު މަޖިލީހަށް އަންނަން އޮތް ފުރުސަތު ކަޓުވާލީ”. ޖާބިރު ވިދާޅުވިއެވެ.

މީގެ އިތުރުން ޖާބިރު ވިދާޅުވީ ރައީސް ސޯލިހް އާއި ރައީސް ނަޝީދު އޭނާ އަށްވަރަށް އާދޭސްކޮށްގެން އޭނާގެ އަތުން 14 މިލިއަން ރުފިޔާ ގަނޑުކޮށް ނަގިކަމަށާއި އެ ފައިސާގެ މުއާމަލާތު ހިންގާފައިވަނީ ސްރީލަންކާގެ ކޮލަމްބޯގައިކަމަށެވެ. އަދި ވެރިކަމަށް އެއް އަހަރު ތެރޭގައި އިސްތިއުފާ ދިނުމަށް، ރައީސް ސޯލިހު އެއްބަސްވި ކަމަށްވެސް ޖާބިރުވަނީ ވިދާޅުވެފައެވެ.

ރާއިސް ސޯލިހް އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަދައްކަމުން ޖާބިރު ވިދާޅުވީ މިހާ ނިކަމެތި ބަޔަކު ރާއްޖޭގެ ވެރިކަމަށް އައިސް، ރާއްޖެ ހިންގަން އުޅޭތީ އެކަމާއި ކަންބޮޑުވާކަމަށާއި އޭނާ ބޭނުންވަނީ ރައީސް މުހައްމަދު ނަޝީދު ވެެރިކަމަށް ވަޑައިގަތުމަށް ކަމަށެވެ.

1 ކޮމެންޓް
ފަހީމު
ނޮވެމްބަރު 29, 2019
ކަލެއަކަށް ކަމަކު ނުދާނެ އެކަކުވެސް