English Edition
Dhivehi Edition

ދަތް އުނގުޅާ ބޭސް ކަމަށް ހީކޮށް މީދާ މަރާ ބޭސް ބޭނުންކޮށްގެން ދަތް އުނގުޅި އަންހެނަކު މަރުވެއްޖެއެވެ. އިންޑިޔާގެ މަލްޕޭގައި ހިނގި މި ހާދިސާގައި މަރުވެފައި ވަނީ 57 އަހަރުގެ، ލީލާ ކަރްކެރާ ނަމަކަށް ކިޔާ އަންހެނެކެވެ.

މަލްޕޭ ފުލުހުން ވިދާޅުވީ އަންނެޗުރަލް ޑެތް ރިޕޯޓް(ޔޫޑީއާރް) އެއް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

މި ހާދިސާ ހިނގާފައި ވަނީ ނޮވެމްބަރު 19 ވަނަ ދުވަހު ލީލާ ކަރްކެރާ ނަމަކަށް ކިޔާ އެ އަންހެން މީހާ ދަތް އުނގުޅުމަށް އޮޅިގެން ދަތް އުނގުޅާ ބޭހުގެ ބަދަލުގައި މީދާ މަރާ ބޭހުން ދަތް އުނގުޅި ގެންނެވެ. އެ އަންހެން މީހާއަށް ދަތް އުނގުޅާ ބޭސް އުރައާއި މީދާ މަރާ ބޭސްއުރަ އޮޅުނީ ކަމަށް އިންޑިޔާގެ މީޑިޔާތަކުން ރިޕޯޓު ކުރެއެވެ.

މި ހާދިސާ ހިނގުމަށް ފަހު މާގިނަ އިރު ނުވަނީސް އެ އަންހެން މީހާ ވަނީ ޕްރައިވެޓް ހޮސްޕިޓަލަކަށް ގެންދެވިފައެވެ. ނަމަވެސް އޭނާ ވަނީ އާދިއްތަ ދުވަހު މަރުވެފައެވެ.

ޓެގު