English Edition
Dhivehi Edition

ރާއްޖެއަށް އެންމެ ގިނަ ދަތުރު ކުރަމުންދާ، އަދި ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރު ކުރާ ހަމައެކަނި ބައިނަލް އަގުވާމީ އެއާލައިން ކަމުގައިވާ ސްރީލަންކަން އެއާލައިން އިން ގަމަށް ދަތުރު ކުރަތާ 3އަހަރު ފުރުމުގެ މުނާސަބަތުގައި ހާއްސަ މެޑިކަލް ކޭމްޕެއް ބާއްވަން ހަމަ ޖެހިފައިވާ ކަމަށް އެއެއާލައިނުން ހާމަކޮށްފިއެވެ.

މި މެޑިކަލް ކޭމްޕް އޮންނާނީ 28 ނޮވެމްބަރ އިން ފެށިގެން ޑިސެމްބަރ 1ވަނަ ދުވަހާ ހަމައަށް ކަމަށް ސްރީލަންކާ އަދި އިންޑިއަން އޯޝަންގެ ރީޖަނަލް މެނޭޖަރ ކަމަށްވާ ޖަޔަންތާ އަބޭސިންހެ ހާމަކުރައްވައެވެ. މީގެ އިތުރުން އަބޭ ވިދާޅުވީ ކައުވަރީ ހޮސްޕިޓަލާއި ގުޅިގެން މިފަދަ ސީއެސްއާރު ސާވިސް އެއް އައްޑޫގައި ބާއްވަން ހަމަޖެހިފައިވާތީ އެކަމާ އުފާކުރައްވާކަމަށެވެ.

މި މެޑިކަލް ކޭމްޕަކީ ހިލޭ ހިދުމަތް ދޭ ކޭމްޕެކެވެ. ސްރީލަންކާއިން ނިންމާފައިވަނީ ލަންކާގެ ޓްރިޗީ ކައުވެރީ ހޮސްޕިޓަލުގެ ސްޕެޝަލިސްޓުންގެ ޓީމެއްގެނެސްގެން އައްޑޫ އާއި ފުވައްމުލައް އަދި ކައިރި އެހެން އަތޮޅުތަކުގެ މީހުންނަށް ހިދުމަތް ދިނުމަށެވެ.

ޑޮކްޓަރުންގެ މިޓީމްގައި ނާރުގެ ބަލިތަކާއި ފުއްޕާމޭގެ ބަލިތަކާއި ، ހިތުގެބަލިތަކާއި، ތައިރޯޑް އަދި ހޯމޯންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންގެ އިތުރުން ޑައިޓެޝިއަން އެއް ހިމަނިގެންދާނެ ކަމަށް ސްރީލަންކާގެ ފަރާތުން ހާމަކުރެއެވެ.

މި މެޑިކަލް ކޭމްޕަކީ ސްރީލަންކާއާއި އޭސް އޭވިއޭޝަން ސާވިސަސް، ކައުވަރީ ހޮސްޕިޓަލް އަދި ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ގުޅިގެން ހިންގާ ކޭމްޕެކެވެ.

މީގެ ކުރިން 2017 ވަނަ އަހަރުވެސް މިފަދަ ސީއެސްއާރު ސާވިސް އެއް ލަންކާ މަގުން އިންޑިއާ އަށް ދަތުރު ކުރާ މީހުންނަށް ހާއްސަކޮށްގެން ވަނީ ބާއްވާފައެވެ.