English Edition
Dhivehi Edition

ކުނި މެނޭޖް ކުރުމަށްޓަކައި ސަރުކާރުން ހަދާފައިވާ ކުންފުނި ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން(ވެމްކޯ)ގެ މުވައްޒަފަކު ދިރިއޮތް ބުޅަލެއް ކޮތަޅަކަށް ލައި ގޮށްޖަހާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް މީސްމީޑިޔާގައި އާންމު ވެއްޖެއެވެ.

މީސް މީޑިއާގައި އާންމު ވެފައިވާ ވީޑިއޯގައި ފެނިގެން ދަނީ ވަރަށް ރަހުމު ކުޑަކޮށް ދިރިއޮތް ބުޅަލެއް ޕްލާސްޓިކް ކޮތަޅަކަށް ލައި ގޮތް ޖަހާ މަންޒަރެވެ. މި ވީޑިޔޯ ލާފައި ވަނީ މޯލްޑިވިއަން ކެޓަހޮލިކް ގުރޫޕަށެވެ.

https://m.facebook.com/groups/271448125390?view=permalink&id=10162406748185391

ވީޑިއޯ މީސްމީޑިޔާގައި ހިއްސާކުރި ފަރާތުން ބުނެފައި ވަނީ އޭނާ ވީޑިއޯ ނަގާކަން އެނގުމުން ވެމްކޯ މުވައްޒަފު ވަގުތުން ބުޅާ ދޫކޮށްފައިވާ ކަމަށެވެ. މި ހާދިސާ ހިނގާފައި ވަނީ ގްރޭޓަރ މާލެ ބަސް ހުއްޓި ސަރަހައްދުގައި އިއްޔެގެ ވަގުތެއްގައި އެވެ.

ރާއްޖޭގައި ބުޅާ މެރުމާއި ބުޅަލަށް އެކި ކަހަލަ އަނިޔާ ކުރުން އާންމު ވެފައިވާއިރު ސަރުކާރުން މިކަމަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވެއެވެ.