English Edition
Dhivehi Edition

ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް މަގާމުން ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ފަށައިފި އެވެ. އެގޮތުން އެ މަސައްކަތް ކުރިއަށް ގެންދަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ވަނީ ފާސްކޮށްފަ އެވެ.

ޕީޖީގެ މަގާމުން ބިޝާމް ވަކިކުރުމަށް އޮކްޓޯބަރ 16 ވަނަ ދުވަހުވެސް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ފާސްކުރި އެވެ. ނަމަވެސް އޭރު އެ ނިންމުން ވަނީ ކާމިޔާބު ވާގޮތެއް ނުވެފައެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ޖަލްސާގައި ޕީޖީ ބިޝާމް މަގާމުން ވަކިކުރުމަށް ހުށަހެޅީ މަތިވެރި ދާއިރާ މެމްބަރު ހުސައިން ޒަރީރެވެ. އަދި އެ ހުށަހެޅުމަށް ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ވަނީ ތާއީދު ކުރައްވާފައި އެވެ.

ޕީޖީ ބިޝާމް ވަކިކުރުމަށް މެންބަރުން ގޮވާލަމުން ދަނީ ކުރީގެ ރައީސް އަބްދުލްﷲ ޔާމީން އަބްދުލް ގައްޔޫމް ގެ ސަރުކާރުގައި އެކަމަނާ އޭރުގެ އިދިކޮޅު ބައެއް ފަރާތްތަކަށް ދައުވާ ކުރުމުންނެވެ. އެމީހުން ބުނަނީ އޭރު ބިޝާމް ކުރެއްވީ ސިޔާސީ ދައުވާ ތަކެއް ކަމަށެވެ.