English Edition
Dhivehi Edition
ރާއްޖޭގައި ބަޔަކު ޑައިވިންގ އަށް ގޮސް އުޅެނީ - ފޮޓޯ: މޯލްޑިވްސް ޓައިމްސް

ގދ. ގައްދޫއިން ޑައިވިންގ އަށް ގޮސް އުޅެނިކޮށް އިއްޔެ ޑީކޮމްޕްރެޝަން ސިކްނަސް (ޑީކޯ)ގެ މައްސަލަ ދިމާވި ދެ މީހުން އިތުރު ފަރުވާއަށް ބަނޑޮސް ރިސޯޓަށް ގެންގޮސްފި އެވެ.

އެމްއެންޑީއެފް އިން ރޭ ބުނީ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ޑީކޯވެގެން ފަރުވާދެމުންދިޔައީ އުމުރުން 27 އަހަރާއި 39 އަހަރުގެ ދިވެއްސެއް ކަމަށެވެ. އަދި އެމީހުން އިތުރު ފަރުވާއަށް ރޭ ވަނީ އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މާލެ ގެންގޮސްފަ އެވެ.

އެމްއެންޑީއެފްގެ ހެލިކޮޕްޓަރުގައި ރޭ ދަންވަރުގެ ވަގުތެއްގައި ޑީކޯވި ދެ މީހުންވެސް އައިޖީއެމްއެޗްއަށް ގެންގޮސްފައިވާއިރު، މިއަދު ހެނދުނުގެ ވަގުތެއްގައި އެ ދެ މީހުން އިތުރު ފަރުވާއަށް ބަނޑޮސް އައިލެންޑް ރިސޯޓުގައި ހުންނަ ޑީކޮމްޕްރެޝަން ޗެމްބާ އަށް ގެންގޮސްފައިވާ ކަމަށް އައިޖީއެމްއެޗް އާއި ހަވާލާދީ “އަވަސް” ނޫހުން ރިޕޯޓު ކުރެއެވެ.

ނަމަވެސް، އެ ދެމީހުންގެ ހާލާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އަދި ނުލިބެއެވެ.