English Edition
Dhivehi Edition

ސްރީލަންކާގައި އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުން ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ކޮއްކޯފުޅު އަދި ޕޮޑުޖަނަ ޕާޓީގެ ކެންޑިޑޭޓު ގޯޓާބަޔަ ރާޖަޕަކްސަ ކާމިޔާބީ އިއުލާން ކުރައްވައިފި އެވެ.

ގޮޓަބަޔާ ރާޖްޕަކްސަ އަކީ ލަންކާގެ ކުރީގެ ރައީސް ރާޖަޕަކްސަގެ ކޮއްކޯފުޅެވެ. އިންތިޚާބުގައި ގޮޓަބަޔާ އާއި އެންމެ ގާތުން ވާދަކުރައްވަވާފައިވަނީ ސްރީލަންކާގެ ކުރީގެ ރައީސް ޕްރެމަދޭސާގެ ދަރިކަލުން ސަޖިތް ޕްރެމަދޭސާއެވެ.

މިހާތަނަށް އާންމުކޮށްފައިވާ ވަގުތީ ނަތީޖާ:

ގޮޓަބަޔާ ރާޖަޕަކްސަ 1431245 ވޯޓް (%47.77)

ސަޖިތް ޕްރެމަދޭސާ، 1368384 ވޯޓް (%45.67)

މި އިންތިޚާބުގައި 35 ކެނޑިޑޭޓުން ވާދަކުރައްވާފައިވާއިރު އޭގެތެރޭގައި އަންހެން ކެންޑިޑޭޓަކުވެސް ހިމެނެއެވެ. މިއީ 2010 ވަނަ އަހަރަށްފަހު މިހާ ގިނަ ކެނޑިޑޭޓުން އެޤައުމުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ފުރަތަމަ ފަހަރެވެ.

ލަންކާގެ އިލެކްޝަންސް ކޮމިޝަނުން ހާމަކޮއްފައިވާ ގޮތުގައި މި އިންތިޚާބުގައި އެގައުމުގެ 80 އިންސައްތަ މީހުން ވަނީ ވޯޓު ދީފައެވެ.