English Edition
Dhivehi Edition

ޖަޕާން ސަރުކާރުން ދިވެހިރާއްޖެއަށް އަށް އަލިފާން ނިއްވާ އުޅަނދެއް ހަދިޔާކޮށްފި އެވެ.

ޖަޕާން ސަރުކާރުން ހަދިޔާކުރި އަލިފާން ނިއްވާ އެ އުޅަނދު ގެ މައުލޫމާތު ދެއްވަމުން ނޭޝަނަލް ޑިސާސްޓާ މެނޭޖްމަންޓް އޮތޯރިޓީ(އެންޑީއެމްއޭ) އިން ކުރި ޓުވީޓެއްގައި ވިދާޅުވީ އެ އުޅަނދަކީ “ދަ ގްރާންޓް އެސިސްޓެންސް ފޯ ގްރާސް ރޫޓްސް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓް” ގެ ދަށުން ޖަޕާން ސަރުކާރުން ހަދިޔާކޮށްފައިވާ އުޅަނދެއް ކަމަށެވެ.

ޖަޕާން ސަރުކާރުން ހަދިޔާކުރި އެ އުޅަނދު ރޭ ކަސްޓަމްސް އިން ނެރެފައިވާ ކަމަށް އެންޑީއެމްއޭ އިން ވިދާޅުވެފައިވާއިރު އެ އޮތޯރިޓީން ވިދާޅުވީ ރަސްމީކޮށް އެއުޅަނދު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް(އެމްއެންޑީއެފް) އާ ހަވާލުކުރާނެ ކަމަށެވެ.

ޖަޕާން ސަރުކާރުން މީގެ ކުރިން ވެސް ދިވެހި ސަރުކާރަށް އެކި ގޮތް ގޮތަށް އެހީތެރިކަން ފޯރުކޮށްދެއެވެ. އެ ޤައުމުން ދިވެހިރާއްޖެއަށް އުމްރާނީ ގޮތުންނާއި އިގްތިސާދީ ގޮތުން އެކި އެކި އެހީތައް ދީފައި އެބަ ހުއްޓެވެ.

ޓެގު