English Edition
Dhivehi Edition

ރާއްޖެއަށް، ޖަޕާނު ސަރުކާރުން ދޭ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، ޖަޕާނު ސަރުކާރުގެ ފަރާތުން ޖަޕަނީޒް ގަވަރމެންޓް ސްކޮލަރޝިޕް ފޯ 2023 ގެ ދަށުން ރާއްޖޭގެ ދަރިވަރުންނަށް ޖަޕާނުގެ ޔުނިވާސިޓީތަކުގެ ގްރެޖުއޭޓް ސްކޫލްތަކުގައި ކިޔެވުމަށް ސްކޮލަރޝިޕް ފުރުސަތު ލިބިފައިވާކަން ރާއްޖޭގައި ހުންނަ ޖަޕާނުގެ އެމްބަސީން އަންގާފައިވާ ކަމަށެވެ.

މި ސްކޮލަރޝިޕް އިންތިޒާމު ކުރާ ފަރާތުން ހުރިހާ ހަރަދެއް ދިނުމަށް ހަމަޖެހިފައިވާއިރު، މި ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުުރުސަތު މި މަހުގެ 29 ވަނަ ދުވަހުން ފެށިގެން އަންނަ ޖޫން މަހުގެ 22 ގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ.

މި އިއުލާނުގައި އިތުރަށް ބުނެފައިވަނީ ކެނޑިޑޭޓުން ހޮވުމުގެ ގޮތުން އެޕްލިކޭޝަން ރިވިއުކޮށް ޓެސްޓް އަދި އިންޓަވިއު މަރުހަލާއަށް ކުދިން ޝޯޓްލިސްޓް ކުރުމުގެ މަސައްކަތް ކުރާނީ ރާއްޖޭގައި ހުންނަ ޖަޕާނުގެ އެމްބަސީން ކަމަށެވެ.

އިތުރު މައުލޫމާތު: http://www.studyinjapan.go.jp/en/smap-stopj-applications-research.html