English Edition
Dhivehi Edition
އެމްއެންޔޫގެ ފުރަތަމަ ޕީ.އެޗް.ޑީ ކޯހުގެ ދަސްވެނިވުމުގެ ތެރެއިން - ފޮޓޯ: މޯލްޑިވްސް ޓައިމްސް

ތަޢުލީމީ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީ.އެޗް.ޑީ) އަށް ކިޔެވުމުގެ ފުރުސަތު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން ހުޅުވާލައިފި އެވެ.

އެމްއެންޔޫ އިން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ ޕީ.އެޗް.ޑީ އަށް އެދި އެޕްލިކޭޝަން ފޯމާއި ސްޓޭޓްމަންޓް އޮފް އިންޓެންޓް ނުވަތަ ޕްރޮޕޯޒަލް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 30 ޖަނަވަރީ ވާ ބުރާސްފަތި ދުވަހުގެ 13:00 ކަމަށެވެ.

ތިން އަހަރުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕީ.އެޗް.ޑީ ކޯސް ހެދުމަށް ހުޅުވާލާފައި ވަނީ އައިސީޓީ އިން އެޑިޔުކޭޝން އާއި އިންކްލޫސިވް އެޑިޔުކޭޝަންގެ އިތުރުން އެސެސްމަންޓް އެންޑް އިވެލުއޭޝަން އިންނެވެ.

ކޯހަށް އެދޭ ފޯމު އެމްއެންޔޫގެ ވެބްސައިޓު www.mnu.edu.mv އިން ލިބޭނެ ކަމަށާއި، ކޯހުގެ ފީއަކީ ސެމިސްޓަރ އަކަށް 8،760 ރުފިޔާ ކަމުގައި އެމްއެންޔޫ އިން ބުނެއެވެ.

ކޯހަށް ވަނުމުގެ ޝަރުތުތަކުގެ ތެރޭގައި އެޑިޔުކޭޝަން ދާއިރާއިން އެމް.ކިއު.އޭ ޤަބޫލުކުރާ ލެވެލް 9 ގެ ސަނަދަކާއި ލެވެލ 7 ގެ ސަނަދެއް ހާސިލުކޮށް ފައިވުން ނުވަތަ އެޑިޔުކޭޝަނ ދާއިރާއިން އެމް.ކިއު.އޭ ޤަބޫލުކުރާ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށް އެންމެ މަތީ ދަރަޖައިގައި ފާސް ވެފައިވުން އަދި
ދިރާސީ މަސައްކަތްތަކެއް ކުރުމުގެ ތަޖުރިބާ ލިބިފައިވުމުގެ އިތުރުން ޕީ.އެޗް.ޑީ ހާސިލުކުރަން ބޭނުންވާ ދާއިރާގެ ޕްރޮޕޯޒަލެއް ތައްޔާރުކޮށް އެޕްލިކޭޝަން ފޯމާއެކު ހުށަހެޅުން ހިމެނެއެވެ.

އެމްއެންޔޫ އިން ބުނީ ޑިގްރީ ނުވަތަ މާސްޓަރސް ހާސިލުކުރަމުގެ ތެރޭގައި 1 އަހަރު ދުވަހުގެ ދިރާސީ މަސައްކަތެއް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެ ކަމަށެވެ.