English Edition
Dhivehi Edition
އެމްޓީސީސީ ގެ ބަހެއް ބްރިޖް މަތިން ދުއްވާފައި ދަނީ

ހުޅުމާލޭގައި ނިރޮޅު މަގުން، ބްރިޖަށް އަރާ ހިސާބުގައި ސައިކަލަކާއި ބަހެއް ޖެހި، ހިނގި ނުރައްކާތެރި އެކްސިޑެންޓާއި ގުޅިގެން، އެ ބަސް ދުއްވަން އިން ޑްރައިވަރު ހައްޔަރުކޮށްފިއެވެ

ރޭ 11 ޖަހަން އުޅެނިކޮށް ހިނގި މި ހާދިސާގައި 13 އަހަރުގެ އަންހެން ކުއްޖަކު ވަނީ ނިޔާވެފައެވެ. އަދި އެކްސިޑެންޓުވުމުން، ބަސް މަޑުނުކޮށް ގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެހެންނަމަވެސް ފުލުހުން ވަނީ ހައިވޭގެ ޔޫޓާން ނަގާ ސަރަހައްދުން ބަސް ހުއްޓުވާ، އެ ބަސް ދުއްވަން އިން ޑްރައިވަރު ހައްޔަރުކޮށްފައެވެ.

ފުލުހުން ބުނީ އެ ބަސް ދުއްވަން އިނީ އުމުރުން 54 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އަދި މި މައްސަލަ މިހާރު ގެންދަނީ ތަހުގީގު ކުރަމުން ކަމަށެވެ.

ސްކޫޕީ ސައިކަލެއްގައި އެމްޓީސީސީ ބަހެއް ޖެހިގެން ހިނގި މިހާދިސާ ހިނގާފައިވަނީ ހުޅުމާލޭ ނިރޮޅުމަގުން އައިސް، ހައިވޭއަށް އަރާ ހިސާބުން ހުޅުމާލޭ ބަސް ޓާމިނަލް ކައިރިން ނެވެ.

ފުލުހުން ވިދާޅުވީ، މި އެކްސިޑެންޓްގައި ނިޔާވީ، އުމުރުން 51 އަހަރުގެ އަންހެނަކު ދުއްވަން އިން ސައިކަލުގެ ފަހަތުގައި އިން ކުއްޖާ ކަމަށާއި، އޭނާ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައި ވާކަމަށެވެ.