English Edition
Dhivehi Edition

ކްރިމިނަލް ކޯޓުގެ އިސްޤާޒީ އަޙްމަދު ހައިލަމަށް ދެލައްކަ ރުފިޔާ ދެއްވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެ އެވެ.

އަލްހާމް މިހެން ވިދާޅުވީ މިރޭ ކުރެއްވި ޓްވީޓެއްގަ އެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބޭއްވި އެ ކޮމިޝަންގެ 79 ވަނަ ބައްދަލުވުމުގައި ނިންމި ކަންތައްތަކުގެ ބަޔާން ރީޓްވީޓް ކުރައްވަމުން އަލްހާން އިތުރަށް ވިދާޅުޅީ ޤާޒީ ހައިލަމް އަށް 200،000ރ. ދެއްވާފައިވާނެ ކަމަށާއި، އެކަމާމެދު ކުރައްވާނީ ކޮންކަމެއްތޯ ސުވާލުކުރައްވައިފަ އެވެ.

މީގެ އިތުރުން، އަލްހާން ވިދާޅުވީ އަދިވެސް ޤާޒީ ހައިލަމް އަށް ފައިސާ ދެއްވާނެ ކަމަށެވެ.

އަލްހާން މިމޭރުމުން ޓްވީޓެއް ކުރައްވާފައި މިވަނީ އިސްޤާޒީ ހައިލަމްއާއެކު އަލްހާން ފަހުމީގެ ފަރާތުން 10 މެއި 2019 ވަނަ ދުވަހު ދެކައްލަ ރުފިޔާގެ ޓްރާންސެކްޝަނެއް ހިންގާފައިވާކަން ފާހަގަކުރެވިފައިވާކަމަށް ދަންނަވައި، މޯލްޑިވްސް ޕޮލިސް ސަރވިސް އިން އިއްޔެ އެ ކޮމިޝަނަށް ފޮނުވާފައިވާ ސިޓީގައި ފާހަގަކޮށްފައިވާ ކަމަކީ، ފަނޑިޔާރަކާ ގުޅިގެން ފާހަގަކޮށްފައިވާ ސީރިއަސް މައްސަލައެއް ކަމަށް ވާތީ، އެ މައްސަލަ ތަޙުޤީޤު ކުރުމަށް ޖޭއެސްސީ އިން މިއަދު ނިންމުމާއި ގުޅިގެންނެވެ.

ޖޭއެސްސީ އިން ބުނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެ މައްސަލަ މިދިޔަ ޖުލައި މަހުގެ 25 ވަނަ ދުވަހު ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވީނަމަވެސް، ފާއިތުވި ދުވަސްތަކުގެ ތެރޭގައި އެ މަޢުލޫމާތު އެ ކޮމިޝަނާ ހިއްސާކޮށްފައި ނުވާތީއާއި އަދި އެ މައްސަލައިގައި އެކަށީގެންވާ ފިޔަވަޅު ފުލުހުން މިއަދާ ހަމައަށްވެސް އަޅާފައިވާ ކަމަށް ޤަބޫލުކުނުކުރެވޭތީ، އެކަން ބައްލަވައިދެއްވުން އެދި ރައްޔިތުންގެ މަޖިލީހަށާއި، ރައީސުލްޖުމްހޫރިއްޔާއަށާއި އަދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހެޅުމަށްވެސް މިއަދުގެ ޖަލްސާގައި ނިންމާފައިވާ ކަމަށެވެ.