English Edition
Dhivehi Edition

ކުރީގެ ރައީސް އަބްދުލްﷲ ޔާމީން އަބްދުލް ގައްޔޫމް ގެ ސަރުކާރުގައި ނައިބު ރައީސް ކަން ކުރެއްވި އަހުމަދު އަދީބު އަބްދުލްޣަފޫރު ގެ މައްޗަށް ދައުލަތުން އުފުލާފައިވާ 7 ދައުވާ އެއްގެ ޝަރީޢަތް މާދަމާ ފަށާނެ ކަމަށް ކުރިމިނަލް ކޯޓުން ވިދާޅުވެއްޖެ އެވެ.

ކުރިމިނަލް ކޯޓަށް އަދީބުގެ މައްސަލައިގައި ދައުވާ ކުރަން ފޮނުވީ މިދިއަ ސެޕްޓެމްބަރު މަހުގައެވެ. މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން(އެމްއެމްޕީއާރުސީ)ގެ ޚިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް ވަނީ ހަތް ދައުވާއެއް އުފުލާފައެވެ.

އަދީބުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާ އަކީ، މަނީ ލޯންޑްރިންގެ ދެ ދައުވާ އާއި ޚިޔާނާތްތެރި ވުމުގައި ބައިވެރި ވުމުގެ ދެ ދައުވާ އާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދުމުގެ ދައުވާ އާއީ މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދައި ދިނުމުގެ ދައުވާ އަކާއި އޭގެ އިތުރުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާއެވެ.

އަދީބުގެ ޝަރީއަތް ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރުގައެވެ.