English Edition
Dhivehi Edition

އެމްޓީސީސީ އިންޓަރ ސްކޫލު ރޯވިންގް ބީޗް ސްޕްރިންޓުގެ އެއްވަނަ ހިތަދޫ ސްކޫލުން ހޯދައިފިއެވެ

ރޯވިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމު ކޮށްގެން އޮކްޓޯބަރ 31 ވަނަ ދުވަހުން ފެށިގެން މި މަހުގެ 2 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންދިޔަ މި މުބާރާތުގައި އައްޑޫ ސިޓީގެ ހަތަރު ސްކޫލެއްވަނީ ބައިވެރިވެފައެވެ.

ހިތަދޫ ސްކޫލް، ޝަރަފުއްދީން ސްކޫލް، އައްޑޫ ހައިސްކޫލް އަދި ފޭދޫ ސްކޫލް ބައިވެރިވި މި މުބާރާތުގެ އެއްވަނަ ހިތަދޫ ސްކޫލުން ހޯދީ ބޭއްވި 5 އިވެންޓުގެ ތެރެއިން 3 އިވެންޓު ކާމިޔާބުކޮށްގެންނެވެ. މި ގޮތުން ހިތަދޫ ސްކޫލުގެ މަރިޔަމް އިބާ އަލީ އަދި މުހައްމަދު އާހިލް އާމިރު މިކްސް އިވެންޓު އެއްވަނަ ހޯދިއިރު، ފިރިހެން ޑަބަލްސް އިވެންޓު އެއްވަނަ ހޯދީ އަހުމަދު އާހިލް އާމިރު އާއި މުހައްމަދު ސަހާއުއެވެ. މީގެ އިތުރުން ސަހާއު ވަނީ ފިރިހެން ސިންގަލްސް އިވެންޓުގެވެސް އެއްވަނަ ހޯދާފައެވެ.

ރޯވިންގް ބީޗް ސްޕްރިންޓު ކުރިއަށްދާ ގޮތަކީ، އެއްގަމުގައި ތިބެފައި ދުވެ ގޮސް ބޯޓަށް އަރާ ފަލި ޖަހާފައި ގޮސް ކަނޑައެޅިފައިވާ ހިސާބުން އަނބުރާލާފައި އައިސް ބޯޓުން ފައިބާ އެންމެ ފުރަތަމަ ނިންމުމާއި ހަމައަށް ދިއުމެވެ.މިއަހަރުގެ މި މުބާރާތަކީ ރޯވިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމު ކޮއްގެން ބާއްވާފައިވާ މިފަދަ ފުރަތަމަ ބީޗް ސްޕްރިންޓް މުބާރާތެވެ.