English Edition
Dhivehi Edition
ޝެއިޚް އަލީ ޒައިދު - ފޮޓޯ: ޔޫޓިއުބް (ޖައްމިޔަތުއް ސަލަފް)

ސޮލީބު ޖަހާފަ ހުންނަ ހެދުން ލުމަކީ މުސްލިމުންނަށް ހުއްދަ ކަމެއް ނޫން ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ. ޝެއިހް ޒައިދު މިހެން ވިދާޅުވީ މިރޭ ޝެއިޚް ކުރެއްވި ޓުވީޓެއްގައި އެވެ.

ޝެއިޚް ގެ ޓުއީޓުގައި ވިދާޅުވީ ސޮލީބު ޖަހާފަ ހުންނަ ހެދުން ލުމަކީ މުސްލިމުންނަށް ހުއްދަ ކަމެއް ނޫން ކަމަށާއި ހެދުން އަދި ފޮތި، އިހްތިޔާރު ކުރާއިރު މިކަމަށް ސަމާލުކަން ދިނުން މުހިންމު ކަމަށެވެ.

ޝެއިޚް ޒައިދް މިހެން ޓުއީޓުކޮށްފައިވާއިރު މިދުވަސްކޮޅު ގައި މީސްމީޑިޔާގައި ދަނީ ރާއްޖޭގެ ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަހްމަދު ދީދީ ތުރުކުރައްވައިގެން އިންނެވި ހެދުންކޮޅެއްގައި ސޮލީބެއް ރަމްޒުކޮށްދޭ ކަމަށް ބުނަމުންނެވެ.

އަދި ގިނަ ފަރާތްތަކަކުން ދަނީ މިކަމާއި ގުޅިގެން ސޯޝަލް މީޑިއާގައި ނުތަނަވަސްކަން ފާޅުކުރަމުންނެވެ.