English Edition
Dhivehi Edition

ލޯކަލް ކައުންސިލް އިންތިޙާބުގެ ސެކިއުރިޓީއާ ގުޅޭގޮތުން އައްޑޫސިޓީ ޕޮލިހުން އެމް. އެން. ޑީ. އެފް ސަދަން އޭރިޔާއާ އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. މި މަޝްވަރާ ބައްދަލުވުމުގައި ސައުތު ޕޮލިސް ޑިވިޝަން ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަލީ ޝަރީފު އާއި ސަދަން އޭރިޔާ ޑެޕިއުޓީ ކޮމާންޑަރ މޭޖަރ އައްބުދުﷲ އިބްރާހިމް އަދި އައްޑޫ ސިޓީ ޕޮލިސް ކޮމާންޑަރ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ޖަމްޝީދު އަލީ ބައި ވެރި ވަޑައިގެންނެވިއެވެ. މީގެ އިތުރުން އައްޑޫ ސިޓީ ޕޮލިސްގެ ހުރިހާ އިންޗާރޖުންނާއި ސަދަން އޭރިއާގައި މަސައްކަތް ކުރައްވާ އެމް. އެން. ޑީ. އެފްގެ ސީނިއަރ އޮފިސަރުން ބައި ވެރި ވަޑައިގެންނެވިއެވެ. “ޕޮލިހުން ހިންގާ މިފަދަ ބޮޑެތި ހަރަކާތްތަކުގައި އަބަދުވެސް އެމް. އެން. ޑީ. އެފްއާ އެކު މަޝްވަރާ ކޮށް ސެކިއުރިޓީ އާގުޅޭ މައުލޫމާތުތައް ދެފަރާތުން ހިއްސާ ކުރޭ” ޖަމްޝީދު އަލީ ވިދާޅުވިއެވެ. ހޮނިހިރު ދުވަހު ބާއްވާ އިންތިޚާބުގައި އައްޑޫގައި 31 ވޯޓުފޮށި ބަހައްޓާއިރު ހުރިހާ ދިމާއެއްގައި ސެކިއުރިޓީ ބެލެހެއްޓުމަށް ފުލުހުން ތިބީ ވަރަށް ރަނގަޅަށް ތައްޔާރުވެފައެވެ