ކ. ގުރައިދޫ އިން މަހަށް ނިކުމެ އުޅުނު ދޯންޏެއްގެ ވަތުތެރެއަށް ވެއްޓި ޒުވާނަކު މަރުވެއްޖެ އެވެ.
ފުލުހުން ބުނީ މި ހާދިސާގައި މަރުވެފައި ވަނީ 23 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށާއި، އޭނާ ދޯނީގެ ވަތުތެރެއަށް ވެއްޓި ޙަރަކާތް ހުއްޓިފައިވާކަމުގެ މަޢުލޫމާތު ލިބިފައި ވަނީ ރޭ ފަތިހު 03:58 ހާއިރު ކަމަށެވެ.
އަދި މިއަދު ހެނދުނު 06:55 ހާއިރު ގުރައިދޫގައި ހުންނަ ސިއްޙީ މަރުކަޒަށް އެމީހާ ގެންގޮސްފައިވާ ކަމަށާއި، މަރުޒަކަށް ގެންދިޔަ އިރުވެސް އޭނާ އޮތީ މަރުވެފައި ކަމަށް ސިއްޙީ މަރުކަޒާއި ހަވާލާދީ ފުލުހުން ބުނެއެވެ.
މި ހާދިސާއާއި ގުޅިގެން މިހާތަނަށް ބެލި ބެލުމުން މަރުވި ޒުވާނާގެ ހަށިގަނޑުގެ ބޭރުން އެއްވެސް ޒަޚަމެއް ފެނިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.
އަދި މި މައްސަލައާއި ގުޅިގެން ބަލަން ޖެހޭ އިތުރު ކަންތައްތައް ބަލަމުން ގެންދާ ކަމަށްވެސް ފުލުހުން ބުނެއެވެ.